ބުދަ 01 އޭޕުރިލް 2020
07 ރޭވަ
1441 ޝައުބާން 08
ފަތިސް 04:53
އިރުއަރާ 06:04
މެންދުރު 12:14
އަސްރު 15:12
މަޣްރިބް 18:16
އިޝާ 19:28
ކުޅިވަރު - ކޮރޯނާވައިރަސް (ކޮވިޑް-19)

އޮލިމްޕިކްސްގައި ވާދަނުކުރަން ކެނެޑާ އާއި އޮސްޓްރޭލިއާއިން ނިންމައިފި

  • އޮލިމްޕިކްސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ވަނީ ޖުލައި 24 އިން އޮގަސްޓް 9 އަށް
  • މި ތާރީޚު ފަސްކުރުމަށް ވަނީ ހަތަރު ހަފުތާގެ މުހުލަތެއް ދީފައި

އިސްމާޢީލް ޝާހް
ismaelschurh

ކ. މާލެ 23 މާރޗް 2020 | ހޯމަ 10:11 3,215

އޮލިމްޕިކްސް 2020 - އޭޕީ

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސް 2020 ފަސްނުކޮށްފިނަމަ، މި ގޭމްސްގައި ވާދަނުކުރަން ކެނެޑާ އާއި އޮސްޓްރޭލިއާއިން ނިންމައިފި އެވެ.

މިއަހަރުގެ އޮލިމްޕިކްސް ޓޯކިޔޯގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ ވަނީ ޖުލައި 24 އިން އޮގަސްޓް 9 އަށެވެ.

މިހާރު ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އެކި ކުޅިވަރު މުބާރާތްތައް ފަސްކުރި ނަމަވެސް، އަދި މިހާތަނަށް އޮލިމްޕިކްސް ފަސްކޮށްފައެއް ނުވެއެވެ. ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އެންމެ ފުރަތަމަ ވިދާޅުވީ އޮލިމްޕިކްސް ބާއްވަން ހަމަޖެހިފައި އޮތް ތާރީޚުގައި ގޭމްސް ބޭއްވޭނެ ކަމަށެވެ. އެކަމަކު ހޯމަ ދުވަހު އޭނާ ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާފައި އޮލިމްޕިކްސް ފަސްކުރުން އެކަށީގެންވާ ކަމަށެވެ.

މިހާރު ކަނޑައެޅިފައިވާ ތާރީޚުގައި އޮލިމްޕިކްސް ބާއްވަން ޖަޕާނުން މަސައްކަތް ކުރުމުން، އެކަމާ ގުޅިގެން ގިނަ ގައުމުތަކުގެ އޮލިމްޕިކްސް އޯގަނައިޒަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި ދަނޑިވަޅުގައި އޮލމްޕިކްސް ނުބޭއްވުމަށް ގިނަ ގައުމުތަކުން ވަނީ ގޮވާލާފައެވެ.

އެގޮތުން މި ތާރީޚުގައި އޮލިމްޕިކްސް ބާއްވާނަމަ، މި ގޭމްސްގައި ވާދަނުކުރަން ކެނެޑާ އާއި އޮސްޓްރޭލިއާއިން ވަނީ ނިންމާފައެވެ. މި ދެ ގައުމުގެ އޮލިމްޕިކް ކޮމިޓީން ވަކިވަކިން އާދީއްތަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ދަނޑިވަޅުގައި މުހިންމީ އެތުލީޓުންގެ ސިއްހަތު ކަމަށާއި، މި ހާލަތުގައި ގޭމްސްގައި ވާދަކުރުމަށް އެއްވެސް އެތުލީޓަކު ނުފޮނުވާނެ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ވަނީ އޮލިމްޕިކްސް ބާއްވާ ތާރީޚު ފަސްކުރަން ޖަޕާން ސަރުކާރަށް ހަތަރު ހަފުތާގެ މުހުލަތެއް ދީފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކުން މިހާތަނަށް ކޮރޯނާވައިރަސް (ކޮވިޑް-19) ފެނިފައިވާއިރު، ޖަޕާނުގައި މިހާތަނަށް 1،000 އަށްވުރެ ގިނަ މީހުންނަށް ވަނީ މި ވައިރަސް ޖެހިފައެވެ. އަދި އެ ގައުމުން މި ބަލީގައި މިހާތަނަށް 41 މީހަކު ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް