ބުދަ 01 އޭޕުރިލް 2020
07 ރޭވަ
1441 ޝައުބާން 08
ފަތިސް 04:53
އިރުއަރާ 06:04
މެންދުރު 12:14
އަސްރު 15:12
މަޣްރިބް 18:16
އިޝާ 19:28
ސިއްހަތު - ކޮވިޑް-19

45 މިނެޓުން ކޮރޯނާވައިރަސް ބަލި ދެނެގަނެވޭ ޓެސްޓަކަށް އެމެރިކާއިން ހުއްދަދީފި

  • ބަލިން ސަލާމަތް ވުމަށް ޓެސްޓް ކުރުމުގެ ގާބިލްކަން އިތުރު ކުރަން ޖެހޭ ކަމަށް މާހިރުން ބުނޭ

ރާއްޖެ އެމްވީ
raajjemv

ކ. މާލެ 22 މާރޗް 2020 | އާދީއްތަ 15:07 17,504

ކޮވިޑް-19 އަށް ޓެސްޓް ހަދަނީ - އާކައިވް

ކޮރޯނާ ވައިރަސް ބަލި 45 ވަރަކަށް މިނެޓްގެ ތެރޭގައި ދެނެގަނެވޭ މުޅިން އައު ޓެސްޓަކަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ) އިން ހުއްދަ ދީފިއެވެ.

މި ޓެސްޓަށް ހުކުރު ދުވަހު އެފް.ޑީ.އޭ އިން ހުއްދަ ދިނުމާއެކު، އެކިފަރާތްތަކަށް ޓެސްޓް ކިޓް ފޮނުވަން ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓެސްޓް އުފެއްދި ކެލިފޯނިއާގެ ކުންފުންޏެއް ކަމަށްވާ ސެފީޑް އިން ބުނެފައިވެއެވެ.

ކޮރޯނާ ވައިރަސް ބަލި ދެނެގަތުމަށް އަވަސް ޓެސްޓެއް މި އީޖާދު ކުރީ، މިފަދަ ޓެސްޓަކަށް މުޅި ދުނިޔެ އިންތިހާ އަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައެވެ.

ދުނިޔޭގައި ސިއްހީ ޚިދުމަތްތައް އެންމެ ބޮޑަށް ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ އެމެރިކާގައިވެސް ކޮރޯނާ ވައިރަސް އަށް މިހާރު ކުރެވޭ ޓެސްޓުތަކުގެ ނަތީޖާ ލިބުމަށް 24 ގަޑީއިރާއި، ހަތަރު ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ. ކޮރޯނާ ވައިރަސް ބަލި ފެތުރުމުގެ ނުރައްކާ އިންތިހާ އަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ބަލި އަވަހަށް ދެނެގަނެވޭނެ ގޮތް ނެތުމަކީ ބަލި ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ.

ކޮރޯނާ ވައިރަސް ބައްޔާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވީ އެމެރިކާގެ 000،195 މީހުން ކޮރޯނާ ވައިރަސް އަށް މިހާތަނަށް ޓެސްޓް ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން 343،19 މީހުން ބައްޔަށް ޕޮސިޓިވް ވެފައިވާ ކަމަށް ވެސް ޕެންސް ވިދާޅުވިއެވެ.

އެމެރިކާގައި، އާއްމުންނަށް ދީފައިވާ ލަފަޔަކީ، ބައްޔަށް ޝައްކު ކުރެވޭ ނަމަ އެންމެ ފުރަތަމަ ކަމަކަށް އެކަހެރި ވުމަށެވެ. އަދި ބައްޔަށް ޓެސްޓް ކުރާނީ، ބަލީގެ ނިޝާން ފެންނަ ނަމަ ކަމަށާއި، ބަލީގެ ނިޝާނެއް ފެންނަން ނެތް ނަމަ ޓެސްޓް ނުކުރުމަށްވެސް ވަނީ އިރުޝާދު ދީފައެވެ. އެމެރިކާގެ ނައިބު ރައީސް ވިދާޅުވީ، މީގެ ބޭނުމަކީ ލިބެން ހުރި ވަސީލަތްތައް އޭގެ އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރުމަށް ކަމަށެވެ.

ކޮރޯނާ ވައިރަސް އަށް އަމިއްލަ ފުޅަށް ޓެސްޓް ކުރެއްވުމަށް ކުރިން ދެކޮޅު ހެއްދެވި ނަމަވެސް، އެމަނިކުފާނުގެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮރޯނާ ވައިރަސް އަށް ހުސްވި ހަފްތާގައި ޕޮސިޓިވް ވުމާ ގުޅިގެން، މިހާރު އެމަނިކުފާނާއި އަނބިކަނބަލުން ކޮރޯނާ ވައިރަސް އަށް ޓެސްޓް ކުރާ ގޮތައް ހަމަ ޖެހިފައިވާ ކަމަށްވެސް ނައިބު ރައީސް ޕެންސް ވަނީ ވިދާޅުފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް