ހޮނިހިރު 04 އޭޕުރިލް 2020
10 ރޭވަ
1441 ޝައުބާން 11
ފަތިސް 04:51
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:14
މަޣްރިބް 18:16
އިޝާ 19:28
ކުޅިވަރު - ކޮރޯނާވައިރަސް (ކޮވިޑް-19)

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

  • ލުނެން އަށް މިހާރު ކުޅެމުން އަންނަ ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެ ކްލަބުން މިހާރު ވަނީ ކަށަވަރުކޮށްދީފައި
  • ފެލައިނީ އަކީ ޗައިނީސް ސުޕަ ލީގުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ކުޅުންތެރިޔާ

އަތޫފް އާތިފް
AthifAthoof

ކ. މާލެ 22 މާރޗް 2020 | އާދީއްތަ 12:20 3,529

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފިލްޑަރު މައުރޯނޭ ފެލައިނީ - ގެޓީއިމޭޖަސް

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފިލްޑަރު މައުރޯނޭ ފެލައިނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެ އެވެ.

ޗައިނާގެ ލުނެން އަށް މިހާރު ކުޅެމުން އަންނަ ފެލައިނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިކަން އެ ކްލަބުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. ފެލައިނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު ފެލައިނީ އަކީ ޗައިނީސް ސުޕަ ލީގުން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި ފުރަތަމަ ކުޅުންތެރިޔާއެވެ. އަދި ފެލައިނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު، މި ބަލި އެންމެ ފުރަތަމަ ފެތުރެންފެށި ގައުމު ޗައިނާއިން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ މަދުވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން މި ވައިރަހަށް ޕޮޒިޓިވްވުމުގެ ކުރިން މި މަހުގެ ތެރޭގައި ފެލައިނީ ވަނީ ރާއްޖެ އައިސްފައެވެ. އަދި އޭނާ ވައިރަހަށް ޕޮޒިޓިވްވީ ޗައިނާއަށް ދިޔަ ފަހުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ފެލައިނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު، ސްޕެއިންގެ ވެލެންސިއާގެ ސްކޮޑުގެ 35 އިންސައްތަ ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި އިންގްލެންޑުގެ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއިގެ އިތުރުން އިނގިރޭސި ތިންވަނަ ޑިވިޝަނުގައި ވާދަކުރާ ޕޯޓްސްމަތުގެ ތިން ކުޅުންތެރިއަކުވެސް ވަނީ މި ވައިރަހަށް ޕޮޒޮޓިވްވެފައެވެ. އަދި އިޓަލީން ގިނަ ކުޅުންތެރިންތަކެއް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.

ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެގޮތުން ޔޫރަޕްގެ އެންމެ މަގުބޫލް ފަސް ލީގުގެ ކުޅުން ވަނީ މެދުކަނދާލާފައެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގާއި، ފްރެންޗް ލީގުގެ އިތުރުން ޖަރުމަން ލީގެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާށ ލީގުގެ މެޗުތައް ވެސް ވަނީ ހުއްޓާލާފައެވެ. މީގެ އިތުރުން މިއަހަރު ބެއްވުމަށް ހަމަޖެހިފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކޮޕަ އެމެރިކާ ފުޓްބޮޅަ މުބާރާތްވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: އައިޝަތު ޝާނީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް