ކ. މާލެ
|
17 މާރޗް 2020 | އަންގާރަ 18:56
މެޓް ގާލާ ރެޑް ކާޕެޓްގައި ބައިވެރިވި ބައެއް ތަރިން
ފިލްމްފެއަރ
ހޮލީވުޑް
ކޯވިޑް- 19 އާ ގުޅިގެން މެޓް ގާލާ 2020 ފަސްކޮށްފި
 
ކުރިން މި އިވެންޓް ބާއްވަން ހަމަޖައްސާފައިވަނީ މެއި 4 ގައި
 
މި އިވެންޓް ބާއްވާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ

ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަނޑައަޅާފައެވެ.

އެހެން ކަމުން މި ވައިރަސް އާ ގުޅިގެން އެންމެންގެ ރައްކަލަކަށްޓަކައި އާންމު އެއްވެއުޅުން ވެސް ވަނީ ގިނަ ޤައުމުތަކުގައި މަނާކޮށްފައެވެ.

މިކަމާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ މީހުން އެއްތަނަކަށް ޖަމާވާ ޚާއްސަ އިވެންޓެއް ކަމުގައިވާ "މެޓް ގާލާ" ވެސް ފަސްކުރަން ވަނީ ނިންމާފައެވެ.

މެޓް ގާލާގެ ޗެއަރޕާސަން އެނާ ވިންޓުއަރ ވަނީ މެޓް ގާލާ ފަސްކުރިކަން ޔަޤީންކޮށްދީފައެވެ. އަދި މި އިވެންޓް ބާއްވާނެ ތާރީޚެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފެޝަންގެ ދިނިޔޭގައި ހަރަކާތްތެރިވާ އެންމެ ހައި ޕްރޮފައިލް ސެލެބްރިޓީން ބައިވެރިވާ މި އިވެންޓް މިއަހަރު ބޭއްވުމަށް ކުރިން ނިންމާފައިވަނީ ނިއު ޔޯކް ސިޓީގެ މެޓްރޯޕޮލިޓަން މިއުޒިއަމް އޮފް އާރޓްސްގައި އަންނަ މެއި މަހުގެ 4 ގައެވެ.

މި އިވެންޓް ފަސްކުރިކަން އިއުލާން ކޮށްފައި މިވަނީ ކޯވިޑް-19 އާ ގުޅިގެން ނިއުޔޯކްގެ ސްކޫލްތައްވެސް ބަންދުކުރަން ނިންމާފައި ވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް