ހޮނިހިރު 04 އޭޕުރިލް 2020
10 ރޭވަ
1441 ޝައުބާން 11
ފަތިސް 04:51
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:14
މަޣްރިބް 18:16
އިޝާ 19:28
ލުއި ޚަބަރު - ބޮލީވުޑް

ސަލްމާންގެ ރާދޭ އާއި އަކްޝޭގެ ސޫރްޔަވަންޝީ ރިލީޒްކުރުން އެއްދުވަހެއްގައި؟

  • އަކްޝޭ އާއި ސަލްމާންގެ ފިލްމް ކްލޭޝް ވެދާނެ ކަމަށް އެންމެ ފަހުގެ މީޑީއާ ރިޕޯޓްތައް ބުނޭ
  • "ރާދޭ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެއި މަހުގެ 22 ގައި

އަޒްލިފާ އަބްދުﷲ
AzuAzlifa

ކ. މާލެ 14 މާރޗް 2020 | ހޮނިހިރު 09:58 3,198

ސަލްމާން ޚާން އާއި އަކްޝޭ ކުމާރު - ގޫގުލް

ބޮލީވުޑްގެ ތަރި ސަލްމާން ޚާން މިވަގުތު ދަނީ އޭނާގެ އަންނަން އޮތް ފިލްމް "ރާދޭ: ޔުއަރ މޯސްޓް ވޯންޓެޑް ބާއީ" ރިލީޒް ކުރުމަށް ތައްޔާރު ވަމުންނެވެ.

މި އެކްޝަން ޑްރާމާ ހެދުމުގެ ވާހަކަ ދެކެވުނު ދުވަހުންފެށިގެން ނޫސްތަކުގެ ފަލަ ސުރުޚީތަކަށް މި ފިލްމާއި ގުޅޭ ޚަބަރުތަކަށް އަރަމުން ދެއެވެ.

އަނެއް ކޮޅުން އަކްޝޭ ދަނީ ފިލްމުގެ ޑައިރެކްޓަރ ރޯހިތު ޝެޓީއާއެކު އެނާގެ އަންނަން އޮތް ފިލްމު "ސޫރްޔަވަންޝީ" ރިލީޒްކުރުމަށް ތައްޔާރުވަމުނެވެ.

"ސޫރްޔަވަންޝީ" ގައި ރިލީޒް ކުރުމަށް ކުރިން ހަމަޖެހިފައި އޮތީ މިހިނގާ މާރޗު މަހުގެ 24 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މި ފިލްމު ރިލީޒް ކުރުން ވަނީ ފަސްކޮށްފައެވެ.

އެހެންކަމުން އަކްޝޭ އާއި ސަލްމާނުގެ ފިލްމު ކްލޭޝް ވެދާނެ ކަމަށް އެންމެ ފަހުގެ މީޑީއާ ރިޕޯޓުތައް ބުނެއެވެ.

ޕްރަބޫ ދޭވާ ޑައިރެކްޓް ކުރާ ފިލްމު "ރާދޭ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެއި މަހުގެ 22 ގައެވެ. "ސޫރްޔަވަންޝީ" ވެސް މި ދުވަހު ރިލީޒްކުރުމަށް ވާހަކަދެކެވެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

ސޫރްޔަވަންޝީ ގައި އަކްޝޭއާއެކު ލީޑްރޯލުން ފެނިގެންދާނީ ކެޓްރީނާ ކައިފްއެވެ. "ރާދޭ" ގައި ސަލްމާން ޚާނާއެކު ލީޑް ރޯލުން ފެނިގެންދާނީ ދިޝާ ޕަޓާނީއެވެ.

ކޮންމެއަކަސް މި ދެފިލްމު އެއްދުވަހެއްގައި ރިލީޒްކޮށްފިނަމަ އެންމެ ބޮޑު ތަރުޙީބެއް ލިބިގެންދަނީ ކޮންފިލްމަކަށްތޯ އެނގިގެން ދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް