ބުދަ 01 އޭޕުރިލް 2020
07 ރޭވަ
1441 ޝައުބާން 08
ފަތިސް 04:53
އިރުއަރާ 06:04
މެންދުރު 12:14
އަސްރު 15:12
މަޣްރިބް 18:16
އިޝާ 19:28
ލުއި ޚަބަރު - ބޮލީވުޑް

ކޮރޯނާވައިރަސް އާ ގުޅިގެން "ރާދޭ" ގެ ޝޫޓިން ކެންސަލްކޮށްފި

  • އެ މަންޒަރުތައް އެހެން ތަނެއްގައި ޝޫޓް ކުރުމަށް ވަނީ ނިންމާފައި
  • ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިގައިވަނީ މެއި މަހު

އަޒްލިފާ އަބްދުﷲ
AzuAzlifa

ކ. މާލެ 8 މާރޗް 2020 | އާދީއްތަ 17:18 1,913

ރާދޭގެ ޕޯސްޓަރު - ހިންދުސްތާނީ ޓައިމްސް

ކޮރޯނާވައިރަސް އާއި ގުޅިގެން ސަލްމާން ޚާންގެ ފިލްމު "ރާދޭ: ޔުއަރ މޯސްޓް ވޯންޓެޑް ބާއީ" ގެ ޝޫޓިން ކެންސަލްކޮށްފިއެވެ.

މިޑްޑޭ ގައި ރިޕޯޓުކޮށްފައިވާގޮތުން ކެންސަލް ކޮށްފައިވަނީ އަޒަރުބައިޖާންގައި ޝޫޓްކުރުމަށް ހަމަޖެހިފައިވާ މަންޒަރުތަކެކެވެ. މި ފިލްމުގެ ޝޫޓިން އަށް ސަލްމާން ޚާނާއި، ދިޝާ ޕަޓާނީ އަޒަރުބައިޖާނުގެ ބަކޫ އަށް ދިއުމަށް ހަމަޖެހިފައިވަނީ ޑުބާއީ ނޫނީ ދޯހާ މަގުންނެވެ. ނަމަވެސް މި ދުވަސްވަރު ދަތުރުކުރުން އެހާ ރައްކާތެރިކަމަށް ނުފެންނާތީ "ރާދޭ" ގެ އެ މަންޒަރުތައް އެހެން ތަނެއްގައި ޝޫޓް ކުރުމަށް ވަނީ ނިންމާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ފިލްމުގެ މަންޒަރުތައް ނެގުމަށްޓަކައި ފިލްމުގެ ބައެއް ކުރޫއިން ވަނީ ބަކޫ އަށް ގޮސްފައެވެ. ނަމަވެސް އެމީހުން އެނބުރި އައުމަށް ބުނެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

"ރާދޭ" ވެގެންދާނީ ސަލްމާނާއި، ދިޝާ އެކުގައި މަސައްކަތް ކުރާ ދެވަނަ ފިލްމަށެވެ. މި ދެތަރިން އެކުގައި ފުރަތަމަ ފެނިގެން ގޮސްފައިވަނީ "ބާރަތު" އިންނެވެ. "ރާދޭ" ގައި ސަލްމާން ޚާނާއި، ދިޝާގެ އިތުރުން ރަންދީޕް ހޫދާ އާއި ޖެކީ ޝްރޯފް އަދި ގޯވިންދް ނާމްދޭވް ފެނިގެންދާނެއެވެ.

ޕްރަބޫ ދޭވާ ޑައިރެކްޓް ކުރާ މި ފިލްމަކީ ސަލްމާން ޚާން ފިލްމްސް އިން އުފައްދާ ފިލްމެކެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއހަރުގެ އީދާއި ދިމާކޮށް މެއި މަހުގެތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް