ހޮނިހިރު 04 އޭޕުރިލް 2020
10 ރޭވަ
1441 ޝައުބާން 11
ފަތިސް 04:51
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:14
މަޣްރިބް 18:16
އިޝާ 19:28
ލުއި ޚަބަރު - ބޮލީވުޑް

ބާޣީ 3 ގެ ފެށުން ވަރަށް ކާމިޔާބު

  • މި ފިލްމް ރިލީޒްކުރީ ހުކުރު ދުވަހު
  • ފިލްމަށް ފުރަތަމަ ދުވަހު ވަނީ 17.50 ކްރޯޑް ރުޕީސް ލިބިފައި

އަޒްލިފާ އަބްދުﷲ
AzuAzlifa

ކ. މާލެ 7 މާރޗް 2020 | ހޮނިހިރު 17:45 3,442

ބާޣީ 2 ގެ ޕޯސްޓަރު - ގޫގުލް

މިއަހަރު ރިލީޒް ކުރި ފިލްމް ތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ދުވަހު ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަކަށް "ބާޣީ 3" ވެއްޖެ އެވެ.

ޓައިގާ ޝްރޯފް އާއި ޝްރައްދާ ކަޕޫރު ލީޑްރޯލުން ފެނިގެންދާ މި ފިލްމަށް ފިލްމް ރިލީޒް ކޮށްފައިވަނީ ހުކުރު ދުވަހުއެވެ.

ހަލުވި ކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާ މި ދުވަސްވަރު ރިލީޒް ކުރި މި ފިލްމަށް ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި ވަނީ 17.50 ކްރޯޑް ރުޕީސް ލިބިފައެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައިވާ ގޮތުން މިއހަރު ރިލީޒް ކުރި ފިލްމް ތަކުގެ ތެރެއިން މި ފިލްމް ރިލީޒް ކުރި ދުވަހު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އަޖޭދޭވްގަންގެ ފިލްމް "ތަނާޖީ: ދި އަންސަންގް ވެރިއަރ" އެވެ. މި ފިލްމަށް ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 15.10 ކްރޯޑް ރުޕީސް އެވެ.

"ބާޣީ 3" ގައި ޓައިގާ އާއި ޝްރައްދާގެ އިތުރުން ރިތޭޝް ދޭޝްމުކް އަދި ޖެކީ ޝްރޯފް ފެނިގެންދެއެވެ.

މި ފިލްމްގައި ޚާއްސަ ލަވައަކުން ދިޝާ ޕަޓާނީވެސް ފެނިގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް