ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 19:10
ރާދޭ ގެ ޕޯސްޓަރު
ރާދޭ ގެ ޕޯސްޓަރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ހޯލީއާ ދިމާކޮށް "ރާދޭ"ގެ ޓްރެއިލަރ ރިލީޒް ކުރަނީ
 
ފިލްމްގެ ޝޫޓިންތައް ވަނީ ފަށާފައި
 
މި ފިލްްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އީދާއި ދިމާކޮށް

"ދަބަންގް3" އަށް ފަހު ބޮލީވުޑްގެ ކާމިޔާބު ތަރި ސަލްމާން ޚާން ވަނީ ފިލްމް "ރާދޭ" ގެ ޝޫޓިންތައް ފަށާފައެވެ.

އެންމެ ފަހުގެ ރިޕޮޓްތައް ބުނާގޮތުން މި ފިލްމްގެ ޓްރެއިލާ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ހޯލީ އާއި ދިމާކޮށެވެ. ޕްރަބޫދޭވާ ޑައިރެކްޓް ކުރާ މި ފިލްމްގެ ޝޫޓިންތައް ނަގާފައިވަނީ މުމްބާއީ އަދި ގޯއާގައެވެ. މި ފިލްމްގައި ވެސް ސަލްމާން ފެނިގެންދާނީ ކޮޕެއްގެ ރޯލުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމްގައި ސަލްމާން އާއި އެކު ލީޑްރޯލުން ފެނިގެންދާނީ ދިޝާ ޕަޓާނީއެވެ. މީގެ އިތުރުން މި ފިލްމްގައި ރަންދީޕް ހޫދާ، ޖެކީ ޝްރޯފް އަދި ގައުތަމް ގުލާޓީ ފެނިގެންދާނެއެވެ. "ރާދޭ" އާއި ގުޅޭ ގޮތުން ދިޝާ ބުނެފައިވަނީ ސަލްމާން ފަދަ ސްޓާރަކާއި އެކު ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ދެވަނަ ފަހަރަކަށް ލިބޭނެކަމަށް އުންމީދުވެސް ނުކުރާކަމަށެވެ.

އަދި "ބާރަތު" ގައިވެސް ސަލްމާނާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުމުންވެސް ވަރަށް އުފާވި ކަމަށް ދިޝާ ވަނީ ބުނެފައެވެ. މި ފިލްމުން ފުރުޞަތު ލިބުމުން ކުރެވުނު އިހުސާސް ބުނެދޭންވެސް ނޭނގޭ ކަމަށާއި ފިލްމުގެ ވާހަކަ ވެސް އޭނާއަށް ވަރަށް ކަމުދާ ކަމަށްވެސް ދިޝާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް