ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 15:41
ކްރިސްޓިއާނޯ ރޮނާލްޑޯ އިޓާލިއަން ލީގުގެ މެޗެއްގެ ތެރެއިން
ކްރިސްޓިއާނޯ ރޮނާލްޑޯ އިޓާލިއަން ލީގުގެ މެޗެއްގެ ތެރެއިން
ގެޓީ އިމޭޖަސް
ޗެމްޕިއަންސް ލީގު
ރޮނާލްޑޯ ހުއްޓުވޭނެ ގޮތެއް ނެތް
 
ރޮނާލްޑޯ ހުއްޓުވުމުގައި ވަކި ހާއްސަ ޕްލޭންއެއް ނެތް
 
ރޮނާލްޑޯ އަކީ އެހެން ކުޅުންތެރިންނަށް ނަމޫނާއެއް

ޔުވެންޓަރސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް ކަމަށާއި، ނަމަވެސް ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ބުދަ ދުވަހުގެރޭ ލިޔޯން އާއި ދެކޮޅަށް ޔުވެންޓަރސް ކުޅޭ މެޗުގައި ރޮނާލްޑޯ ހުއްޓުވަން ވަކި ހާއްސަ ޕްލޭނެއް ނެތް ކަމަށް ލިޔޯންގެ ކޯޗު ރުޑި ގާސިއާ ބުނެފިއެވެ.

ގާސިއާ ބުނީ ރޮނާލްޑޯ އަކީ އާންމު ދިރިއުޅުމުގައި އޭނާ ދަންނަ މީހެއް ނޫން ކަމަށާއި، ނަމަވެސް ރޮނާލްޑޯ އަކީ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެއް ކަމަށެވެ. މީގެ އިތުރުން ގާސިއާ ބުނީ ރޮނާލްޑޯ އަކީ އެހެން ކުޅުންތެރިންނަށް ނަމޫނާއެއް ކަމަށާއި ރޮނާލްޑޯ އަކީ އެހެން ކުޅުންތެރިންނަށް ވުރެ މަސައްކަތްކުރާ ކުޅުންތެރިއެއް ކަމަށާއި، އެފަދަ ކުޅުންތެރިން ތިބުމަކީ ކުޅިވަރަށް ޝައުގުބޮޑުވާ ކަމެއް ކަމަށާއި، ރޮނާލްޑޯ އާއި ދެކޮޅަށް ނުކުމެވުމަކީ އުފަލެއް ކަމަށެވެ.

ނަމަވެސް ގާސިއާ ބުނީ ރޮނާލްޑޯ ހުއްޓުވުމުގައި ވަކި ހާއްސަ ޕްލޭނެއް ނެތް ކަމަށާއި ރޮނާލްޑޯ ހުއްޓުވާނަމަ ޔުވެންޓަރސްގައި ތިބި ހުރިހާ ކުޅުންތެރިން ހުއްޓުވަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ގާސިއާ ބުނީ ޔުވެންޓަރސްއަކީ ޓީމެއްގެ ގޮތުގައި ކުޅެގެން ކާމިޔާބު ހޯދާ ޓީމެއް ކަމަށާއި އެ ޓީމުގައި ތިބީ އެއް ފެންވަރެއްގައި ކުޅޭ މޮޅު ކުޅުންތެރިންތަކެއް ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ބުދަ ދުވަހުގެރޭ ލިޔޯންގައި ޔުވެންޓަރސް އިން އެޓީމާއި ދެކޮޅަށް ނުކުންނައިރު ޔުވެންޓަރސްއަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މިވަގުތު ދުނިޔޭގައި ވެސް އެންމެ ފޯމުގައި ހުރި ފޯވަރޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހުރުމެވެ. އޭނާ ވަނީ ޔުވެންޓަރސް އަށް އެންމެ ފަހުން އިޓާލިއަން ލީގުގައި ކުޅުނު 11 މެޗުގައި ވެސް ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
73%
0%
0%
13%
13%
ކޮމެންޓް