އަންގާރަ 07 އޭޕުރިލް 2020
13 ރޭވަ
1441 ޝައުބާން 14
ފަތިސް 04:50
އިރުއަރާ 06:02
މެންދުރު 12:12
އަސްރު 15:15
މަޣްރިބް 18:15
އިޝާ 19:27
ރާއްޖެ - ކުޅުދުއްފުށީގެ ބޯހިޔާވަހިކަން

ކުޅުދުއްފުށީގައި އިމާރާތް ކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ

  • ރޯހައުސްތައް މަރާމާތުކުރުމަށް ބިޑްކުރުމަށް ހުޅުވާލާފައިވަނީ 23 އާއި ހަމައަށް
  • މި މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލު ކޮށްފައިވަނީ 190 ދުވަހުގެ ތެރޭގައި ނިންނާގޮތަށް
  • މި މަސައްކަތް ފެނަކަ އާއި ހަވާލުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 18 ގައި

އަޒްލިފާ އަބްދުﷲ
AzuAzlifa

ކ. މާލެ | 19 ފެބްރުއަރީ 2020 | ބުދަ 17:13 | 2,655

ކުޅުދުއްފުށީ ސިޓީގައި އަޅާފައިވާ ރޯހައުސްތައް - ހައުސިންގް މިނިސްޓްރީ

ހދ. ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން އިއުލާން އިއުލާން ކޮށްފިއެވެ.

ފެނަކައިން ބުދަ ދުވަހު ކުރި އިއުލާންއެއްގައި ބުނެފައިވަނީ މިކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ހދ. ކުޅުދުއްފުށީގައި އިމާރާތް ކޮށްފައިވާ 40 ރޯހައުސް މަރާމާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

ރޯހައުސްތައް މަރާމާތުކުރުމަށް ބިޑްކުރުމަށް ބުދަ ދުވަހުން ފެށިގެން މިމަހުގެ 23 އާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށް ވަނީ ހުޅުވާލައިފަ އެވެ.

ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސްގައި ހުރި މަރާމާތުގެ މަސައްކަތްތައް ކުރުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި އެކު ސޮއިކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 18 ގައެވެ. މި މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލު ކޮށްފައިވަނީ 190 ދުވަހުގެ ތެރޭގައި ނިންނާގޮތަށް 23،396161.00 (ތޭވިސް މިލިއަން ތިން ލައްކަ ނުވަދިހަ ހަ ހާސް އެއްސަތޭކަ އެއް ރުފިޔާ) އަށެވެ.

ރޯހައުސް ތަކާއި ގުޅޭގޮތުން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ މަރާމަތަށް ހުޅުވާލާފައިވަނީ 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުގައި "މާފަލު ހިޔާ" ގައި އާޅާފައިވާ 40 ރޯހައުސް ކަމަށެވެ.

ރޯހައުސްތަކުގެ ތަޅުދަނޑި 2018 ވަނަ އަހަރު ނިމިގެން ދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ވެރިފަރާތްތަކާއި ހަވާލުކުރި ކަމަށާއި ނަމަވެސް އެތަން ވަރަށް ބޮޑަށް މަރާމާތަށް ބޭނުންވެފައި ހުރުމުން މީހުންނަށް ނުވަދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޯހައުސްތައް ހުރީ ވަރަށް ބޮޑަށް ވީރާނާވެފައި. މުޅި ސަރަހައްދުގައި ވަނީ ބޯކޮށް ވިނަ ގަސްތައް ހެދިފައި. ފުރާޅުވެސް ވަނީ ހަލާކުވެފައި. ކުރިން ކޮށްފައިހުރި މަސައްކަތް އަލުން ޖެހޭނީކުރަން

~ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން

މީގެ އިތުރުން "ބަންޑާރަ ހިޔާ" ގައި ހަދަން ފެށި 100 ރޯހައުސްގެ މަސައްކަތްވެސް ވަނީ ހުއްޓިފައިކަން ހަސަން ފާހަގަކުރެއްވިއެވެ. އަދި އެ ރޯހައުސްތައް ވެސް ހުރީ ރާނާ ހިޔާކޮށް ސިމްނެތި ޖަހާނިމިފައިވީ ނަމަވެސް އެ ރޯހައުސްތަކުގައި ވެސް ބޭނުން ކުރެވޭނީ އަލުން މަރާމާތު ކޮށްގެން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އަބްދުލްލަތީފް ހަސަން ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގައި ކުޅުދުއްފުށީގެ ތިން ސަރަހައްދެއްގައި ރޯހައުސްތައް އެޅުމަށް ހަވާލުކުރިކަމަށާއި އެތަނުން މީހުން ދިރިއުޅެމުންދަނީ ހަމައެކަނި "ކަނބޯރަނި ހިޔާ" ގައި އަޅާފައިވާ 20 ގޭގައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.