ހޮނިހިރު 04 ޖުލައި 2020
04 ފުނޯސް
1441 ޒުލްގައިދާ 13
ފަތިސް 04:40
އިރުއަރާ 05:58
މެންދުރު 12:14
އަސްރު 15:38
އިރުއޮއްސޭ 18:23
އިޝާ 19:41
ކަރަންޓު އަގުހެޔޮކުރުމާބެހޭ ޤަރާރު

ކަރަންޓު އަގުހެޔޮ ކުރުމާބެހޭ ޤަރާރު ފާސްކޮށްފި

  • މި ގަރާރު ފާސްކޮށްފައިވަނީ މަޖިލީހުގެ 67 މެމްބަރުންގެ ވޯޓުން
  • ގަރާރު ދިރާސާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން
  • ގަރާރު ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް

ކ. މާލެ | 19 ފެބްރުއަރީ 2020 | ބުދަ 15:23 | 16,755

ސޯލަރ ޕެނަލް - އަޝްވާ ފަހީމް

"ކަރަންޓު އަގުހެޔޮކުރުމާބެހޭ ޤަރާރު" ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ގަރާރު ފާސްކޮށްފައިވަނީ މަޖިލީހުގެ 67 މެމްބަރުންގެ ވޯޓުންނެވެ. ގަރާރު ދިރާސާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީންނެވެ. ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހެޅުއްވި މި ގަރާރު ދިރާސާކޮށް ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ކޮމިޓީން ގިނަ ކަންތައްތަކެއް ނިންމާފައިވެއެވެ.

އެގޮތުން ދެމެހެއްޓެނިވިގޮތެއްގައި ކަރަންޓު ބިލު އަގުހެޔޮކުރުމަށްޓަކައި ގެތަކުގެ ފުރާޅުގައި ސޯލަރ ޕެނަލް ހަރުކުރުމުގެ ޕްރޮގްރާމެއް ރާވައި ކުރިއަށް ގެންދިޔުމަށްޓަކައި ކައުންސިލްތަކާއި، ބޭންކުތަކާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާ ގުޅިގެން ޕްރޮގްރާމެއް ތައާރަފު ކުރުމަށް ނިންމާފައިވެއެވެ.

އަދި ރައްޔިތުންގެ ތެރެއިން ސޯލަރ ޕެނަލް ހަރުކުރަން ބޭނުންވާ ފަރާތްތަކަށް ލުއި ކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން އެކަމަށް ދޫކުރާ ލޯނުގެ އިންޓްރަސްޓް ރޭޓް %5 (ފަހެއް) އިންސައްތަ އަށް ދަށް ކޮށްދިނުމަށް ވެސް ނިންމާފައިވެއެވެ. ކޮމިޓީން ވަނީ ބޭންކް އޮފް މޯލްޑިވްސް އިން ސޯލަރ ޕެނަލް ހަރުކުރުމަށް އެ ބޭންކުގައި އޮންނަ ގްރީން ފަންޑުން މިހާރު ވެސް ލޯނުދޫ ކުރާކަމާއި، އެ ގޮތަށް ދޫކުރާ ގްރީން ލޯނުގެ އިންޓްރެސްޓް ރޭޓަކީ 11 އިންސައްތަކަމާއި އަދި އެ ޕްރޮގްރާމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާކަން ފާހަގަކޮށްފައެވެ.

މީގެ އިތުރުން ސޯލަރ ޕެނަލް ހަރުކުރަން ބޭނުންވާ މީހުންނަށް ލޯނު ނަގަން އެހީތެރިވެދިނުމުގެ ގޮތުން، އިއާދަކުރުވަނިވި ހަކަތަ ކުރިއެރުވުމަށް ކަނޑައަޅާފައިވާ ފައިސާއިން، 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބަޖެޓުން ކޮންމެ ކައުންސިލަކަށް (އެއް މިލިޔަން ރުފިޔާ (1,000,000) ކަނޑައެޅުމަށް ވެސް ކޮމިޓީން ނިންމާފައިވެއެވެ.

ސޯލަރ ޕެނަލް ހަރުކުރުމާއި، އިއާދަކުރުވަނިވި ހަކަތަ އުފައްދައި ވިއްކުމުގައި ޤާނޫނީ ގޮތުން ހުރި ހުރަސްތައް ނައްތާލުމަށްޓަކައި، ޤާނޫނުތަކާއި ގަވާއިދުތައް މުރާޖަޢާކޮށް، އެފަދަ ހުރަސްތަކާ ގުޅޭގޮތުން ރިޕޯޓެއް އެކުލަވާލައި، 3 ހަފްތާގެތެރޭގައި ކޮމިޓީއަށް ފޮނުވުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް އެންގުމަށް ވެސް ކޮމިޓީން ނިންމާފައިވެއެވެ.

މި ބިލް ދިރާސާކުރިއިރު ކޮމިޓީއަށް ފާހަގަވެފައިވާ ކަންތައްތަކަށް ބަލާލައިރު ރާއްޖޭގެ ކަރަންޓުގެ ދާއިރާ ތެލަށް ބަރޯސާވެ، އެގޮތުގައި ދެމެހެއްޓުމަކީ ދިވެހިރާއްޖެއަށް ކުރިމަތި ވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ޑީސަލް ގަތުމަށްޓަކައި ޖީ.ޑީ.ޕީ ގެ %10 (ދިހައެއް) އިންސައްތައާ ކައިރި ކުރާ އަދަދެއްގެ ފައިސާ ހޭދަކުރާ ކަމަށާއި، ކަރަންޓުގެ އަގު ހެޔޮކޮށް ފޯރުކޮށްދިނުމަށްޓަކައި ސަބްސިޑައިޒް ކޮށްގެން އަހަރަކު ބިލިއަނެއްހާ ރުފިޔާ ޚަރަދު ކުރަންޖެހޭކަމަށް ވެސް ފާހަގަވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.