ކ. މާލެ
|
16 ފެބްރުއަރީ 2020 | އާދީއްތަ 16:04
މިނިސްޓަރ އޮފް ހެލްތްގެ ނައިބު އަބޫބަކުރު ޢަބްދުލްކަރީމް
މިނިސްޓަރ އޮފް ހެލްތްގެ ނައިބު އަބޫބަކުރު ޢަބްދުލްކަރީމް
ރައީސް އޮފީސް
ހެލްތް މިނިސްޓްރީ
ހެލްތް މިނިސްޓްރީގެ ނައިބަކަށް ބޭފުޅަކު އައްޔަނުކުރައްވައިފި
 
މީގެ ކުރިން އަބޫބަކުރު ޢަބްދުލްކަރީމް ވަނީ އެޑްވާންސް ސެޓްފިކެޓް އިން ކޮމިއުނިޓީ ހެލްތް ކޯސް ފުރިހަމަކުރައްވާފަ
 
އަބޫބަކުރު ޢަބްދުލްކަރީމަކީ ޑިޕްލޮމާ އިން އޮފީސް މެނޭޖްމަންޓް ދާއިރާއިން ކިޔަވާ ވިދާޅުވަމުން ގެންދަވާ ބޭފުޅެއް
 
އަބޫބަކުރު ޢަބްދުލްކަރީމް މީގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ޑިރެކްޓަރގެ މަޤާމުގަ

ހެލްތް މިނިސްޓްރީގެ ނައިބަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޭފުލަކު އައްޔަނުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ހެލްތްގެ ނައިބުގެ މަޤާމަށް، ދަފްތަރު ނަންބަރު 115-94، އަބޫބަކުރު ޢަބްދުލްކަރީމް ޢައްޔަނު ކުރައްވާފައިވަނީ އާދިއްތަ ދުވަހުގައެވެ.

އަބޫބަކުރު ޢަބްދުލްކަރީމް މީގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ޑިރެކްޓަރގެ މަޤާމުގައެވެ. އަބޫބަކުރު ޢަބްދުލްކަރީމް ކުރިން ވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޑިރެކްޓަރގެ މަޤާމުވެސް ފުރުއްވާފައެވެ.

އަބޫބަކުރު ޢަބްދުލްކަރީމަކީ ޑިޕްލޮމާ އިން އޮފީސް މެނޭޖްމަންޓް ދާއިރާއިން ކިޔަވާ ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ ކުރިން އަބޫބަކުރު ޢަބްދުލްކަރީމް ވަނީ އެޑްވާންސް ސެޓްފިކެޓް އިން ކޮމިއުނިޓީ ހެލްތް ކޯސް ފުރިހަމަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
25%
75%
0%
ކޮމެންޓް
16 ފެބްރުއަރީ 2020 | އާދީއްތަ 19:00
ކިޓީ
ދިވެހިރާއްޖޭގައި މިހާރު ބާކީކޮށްލާފައި ހަވާސާ ކޮށްލާފައި އެތިބަ، ތަޖުރިބާއާއި ތަޢުލީމާއި މިހާތަނަށް ކޮށްދީފައިވާ ޚިދުމަތުންވެސް ފާހަގަކޮށްލެވޭ އެތަކެއް ބޭފުޅުން މަގުމަތީ ދަމާކަނޑައިގެން އަނބިދަރިންނަށް ކާންބޯންދޭން ގުލާނު ކުރަނިކޮށް، ތަޖުރިބާއާއި ތަޢުލީމާއި ޚިދުމަތުގެ ރޮނގުން އެޔަށްވުރެވެސް މާމޮޅު ބޭފުޅަކު ދެއްތޮ މިއޮއް ހިތްހެޔޮ ސަރުކާރުން ހެޔޮވެރިކަމެއް ކުރަމުން މިވަޒީފާ މިދެއްވީ؟؟؟؟ އެންމެ ބޭފުޅުން ބާރަށް އަތްޕުޅު ޖައްސަވައިގެން ތާއީދު ކުރައްވާ ކައުންސިލް އެލެކްސަންގައި ރީނދޫ ޕާޓީއަށް. އޭރުން ރާކަނި ބާބަކިޔު ފިހެވޭނެ ފަރިކުޅުއްވަން!