ކ. މާލެ
|
15 ފެބްރުއަރީ 2020 | ހޮނިހިރު 11:56
ލަވް އާޖްކަލް ގެ ޕޯސްޓަރު
ލަވް އާޖްކަލް ގެ ޕޯސްޓަރު
ގޫގުލް
ބޮލީވުޑް
ލަވް އާޖްކަލްއަށް ފުރަތަމަ ދުވަހު ލިބުނީ އެންމެ 12 ކްރޯޑް
 
މިއީ ކާތިކް ކުޅުނު ފިލްމްތަކުގެ ތެރެއިން ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމް
 
ފިލްމް ރިލީޒް ކޮށްފައިވަނީ ފެބްރުއަރީ 14 ގައި

ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަސް ކަމަށްވާ ފެބްރުއަރީ 14 ގައި ރިލީޒް ކުރި ފިލްމު "ލަވް އާޖްކަލް" ފިލްމް ރިލީޒް ކުރި ދުވަހު ބޮކްސް އޮފީހުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 12 ކްރޯޑް ރުޕީސް އެވެ.

ސާރާ އަލީ ޚާނާއި، ކާތިކް އާރްޔަން ލީޑް ރޯލުން ފެނިގެންދާ މި ފިލްމު ވެގެން ގޮސްފައި މިވަނީ ކާތިކް ކުޅުނު ފިލްމުތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ދުވަހު ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށެވެ.

މިހާތަނަށް ކާތިކް ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ "ޕަތީ ޕަތްނީ އޯރު ވޯ" އަށެވެ. މި ފިލްމު ރިލީޒް ކުރި ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 9.1 ކްރޯޑް ރުޕީސްއެވެ.

"ލަވް އާޖްކަލް" އަށް 12 ކްރޯޑްގެ އާމްދަނީއެއް ލިބިފައި މިވަނީ ލޯބިވެރިންގެ ދުވަހާއި ދިމާކޮށް ރިލީޒްކޮށްފައިވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އާދައިގެ ދުވަހެއްގައި މި ފިލްމު ރިލީޒް ކުރިނަމަ ފިލްމަށް ލިބޭނީ 8.5 ކްރޯޑް ރުޕީސް ވަރު ކަމަށް ފިލްމް ޓްރޭޑް އެނަލިސްޓުން އަންދާޒާކޮށްފައިވެއެވެ.

އަދި ހަފުތާ ބަންދުގައިވެސް ފިލްމަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފިލްމަކީ 2009 ވަނަ އަހަރު ސާރާގެ ބައްޕަ ސައިފް އަލި ޚާނާއި، ދީޕީކާ ޕަދުކޯން ކުޅެފައިވާ ފިލްމް "ލަވް އާޖްކަލް" ގެ ފްރެންޗައިޒް އެކެވެ.

މި ފިލްމުގެ ޑައިރެކްޓަރ އިމްތިޔާޒް އަލީ ބުނެފައިވަނީ މި ފިލްމް ކުރީގެ ފިލްމާއި ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށާއި، ކުރީގެ ފިލުމުގައި ދައްކުވައިދިން ކަންކަން ޒަމާނަށް ފެތޭ ގޮތަށް އާ ޚިޔާލުތަކާއެކު ހުށައަޅާފައިވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް