ކ. މާލެ
|
14 ފެބްރުއަރީ 2020 | ހުކުރު 12:45
ގއ. ވިލިނގިލީގައި ހުޅުވާފައިވާ މީރާގެ ކަލެކްޝަން ސެންޓަރ
ގއ. ވިލިނގިލީގައި ހުޅުވާފައިވާ މީރާގެ ކަލެކްޝަން ސެންޓަރ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މީރާ
ގއ. ވިލިނގިލީގައި މީރާގެ ކަލެކްޝަން ސެންޓަރެއް
 
ކަލެކްޝަން ސެންޓަރ ހުޅުވާފައިވަނީ ޖެނުއަރީ 13 ގައި

ގއ. ވިލިނގިލީގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކަލެކްޝަން ސެންޓަރެއް ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ.

އަތޮޅުތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް މީރާ އިން ބުނެއެވެ. އެގޮތުން ވިޔަފާރިތައް މީރާގައި ރަޖިސްޓްރީކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކްސް އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވެސް މީރާ އިން މައުލޫމާތުދެއެވެ.

ވިލިނގިލި ކަލެކްޝަން ސެންޓަރަކީ އެ ސަރަޙައްދުގެ ރައްޔިތުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއްކަން މީރާ އިން ވަނީ ފާހަގަކޮށްފައެވެ.

މީރާގެ އޮފީސްތައް 15 އަތޮޅެއްގައި ޤާއިމުކޮށް، އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް