ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ދުނިޔެ - ކޮރޯނާވައިރަސް

ޗައިނާއަށް އިއްޔެ އަކީ ބިރުވެރި ދުވަހެއް: ކޮރޯނާވައިރަސް ޖެހިގެން އިއްޔެ އެކަނި 242 މަރު

  • ކޮރޯނާ ވައިރަސް ޗައިނާއިން މަރުވި މީހުންގެ އަދަދު ވަނީ 1,360 އަށް އަރާފަ
  • ކޮރޯނާވައިރަސް ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 60،000އަށް ވުރެ މައްޗަށް އަރާފަ
  • ހުބެއި ޕްރޮވިންސްގެ ހުންނަ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ވަނީ މަޤާމުން ދުރުކޮށްފައި

ޒިހްނަތު ހަސަން
ziyo_mv

ކ. މާލެ 13 ފެބުރުއަރީ 2020 | ބުރާސްފަތި 12:14 39,229

ނޮވެލް ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާ ބާއްވަނީ - ސީބީއެސަް

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ރޭ ޢާންމުކުރި ނޮވެލް ކޮރޯނާވައިރަސްގެ އެންމެ ފަހުގެ މަޢުލޫމާތުތަކައް ބަލާލާއިރު، އިއްޔެ އެކަނިވެސް ޗައިނާގައި ނޮވެލް ކޮރޯނާވައިރަސް ކޮރޯނާ ވައިރަސް އަށް ފަރުވާދެމުން އަންނަ 242 މީހުން މަރުވިއެވެ. މިއީ ކޮރޯނާވައިރަސް އެޤައުމުގައި ފެތުރެން ފެށިފަހުން އެއްދުވަހެއްގައި އެންމެ ގިނަ މީހުން މަރުވި ދުވަސް ކަމަށް އެ ކޮމިޝަނުން ބުނެއެވެ. މިއާއެކު މަރުވި މީހުންގެ އަދަދު ވަނީ 1,360 އަށް އަރާފައެވެ.

ޗައިނާއި އިއްޔެ އެކަނިވެސް 14840 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، ކޮރޯނާވައިރަސް ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 60،000އަށް ވުރެ މައްޗަށް އަރާފައެވެ. ޗައިނާގައި ހިފެހެއްޓުމެއް ނެތި ކޮރޯނާ ވައިރަސް ފެތުރެމުން ދާތީ އެޤައުމުގެ ސަރުކާރުން ވަނީ، ހުބެއި ޕްރޮވިންސްގައި ސަމާލަތާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ހަމަ އެއާއެކު މި ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާމުންދާ ފިޔަވަޅުތަކުގެ ދަށުން ހުބެއި ޕްރޮވިންސްގެ ހުންނަ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖިއާންގ ޝާއޯލިއާންގް މަޤާމުން ދުރުކޮށް، މިހާރު ޝަންހާއީގެ މޭޔަރުކަން ކުރައްވަމުން ގެންދަވާ ޔިންގް ޔޮންގ ހުބެއި ޕްރޮވިންސްގެ ކަންކަން ބެލެހެއްޓުމަށް ޗައިނާ ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. އަދި ވުހާން މުނިސިޕަލްޓީގެ ޕާރތީ ސެކްރެޓަރީ މާ ގުއާކިއާންގ އޭނާގެ މަޤާމުން ދުރުކޮށް، ޖިނާން ސިޓީގެ ޕާރޓީ ސެކެޓްރީއާއި ވަނީ އެމަޤާމުގެ ޒިންމާ އުފުލަން އައްޔަނުކުރައްވާފައެވެ. ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާގޮތުގައި މިއީ ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ނިންމުމުގެ މަތިން ގެނެވުނު ހިންގުމުގެ ނިޒާމަށް ގެނައި ބަދަލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް