އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ވިޔަފާރި - ޔޫރޯ ސްޓޯރ

ޔޫރޯ ސްޓޯރުން ޗޮކްލެޓް ފިއެސްޓާ ޕްރޮމޯޝަން ފަށައިފި

  • ޕްރޮމޯޝަން ކުރިއަށްދާނީ 9އިން 13 އަށް

އަޒްލިފާ އަބްދުﷲ
AzuAzlifa

ކ. މާލެ 10 ފެބުރުއަރީ 2020 | ހޯމަ 18:28 2,518

ޔޫރޯ ސްޓޯރު - ރާއްޖެއެމްވީ

ޔޫރޯ ސްޓޯރުން ޗޮކްލެޓް ފިއެސްޓާ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ފަށައފިއެވެ.

މި ހިނގާ ފެބްރުއަރީ މަހުގެ 9 އިން 13 ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން ގަންނަ ޗޮކްލެޓުން 10 އިންސައްތަ ޑިސްކައުންޓް ލިބޭނެ އެވެ.

ކޮންމެ ދުވަހަކުވެސް ހަވީރު 4 އިން 6 އަށް ރޭގަނޑު 8 އިން 10 އަށް ކުރިއަށްދާ މިޕްރޮމޯޝަންގައި 200 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރި އަކަށް ކޫޕަނެއް އަދި 150 ރުފިޔާއިން ކުރާ ކޮންމެ ވިޔަފާރިއަކަށް ރަތް ފިނިފެންމަލެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ޗޮކްލެޓް ސާމްޕަލް ކޮށްލާ ރަހަ ދައްކާލަން ކުރިއަށްގެންދާ ޕްރޮމޯޝަނުގެ ދަށުން ތާފަތު ގިނަ ޙަރަކާތްތައް ކުރިއަށް ގެންދެއެވެ. އޭގެ ތެރޭގައި "ގެސް އެންޑް ވިން" މުބާރާތް ތަކާއި "ބައި އެންޑް ވިން" ގެ ނަމުގައި ކުރިއަށްގެންދާ މުބާރާތްތައް ހިމެނެއެވެ.

"ގެސް އެންޑް ވިން" ގޭމުގެ ދަށުން ބައިވެރިވޭ ލަކީޑްރޯވގެ ދަށުން 500 ރުފިޔާ ގެ ގިފްޓް ވައުޗާއެއް ލިބޭ އިރުބައި އެންޑް ވިންގެ ދަށުން ބައިވެރިވާ ލަކީޑްރޯވއިން އެއްވަނަ އަށްދާ ފަރާތަށް 1000 ރުފިޔާ ގެ ލަކީޑްރޯވގެ ކޫޕަން އަކާއި ދެވަނަ ލިބޭ ފަރާތައް 500 އަދި ތިން ވަނަ ލިބޭ ފަރާތަށް 250 ރުފިޔާގެ ކޫޕަނެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ޕްރޮމޯޝަނުގެ ދަށުން ޓްރައި ޔުއަރ ލަކް ކިޔާ ކޫޕަނެއް ލިބޭނެއެވެ. މި ލިބޭ ކޫޕަނުގެ ދަށުން ގޭމެއް ކުޅެގެން އިނާމެއް ލިބުމުގެ ފުރުސަތު ލިބިގެންދެއެވެ.

މި ޕްރޮމޯޝަންގައި އަލަށް ތަޢާރަފުކުރި ޗޮކްލެޓް ބެރޭންޑެއް ކަމަށްވާ ކޯޓްޑޯ ސާމްޕަލްކުރުން ހިމެނެއެވެ.

މި ޕްރޮމޯޝަންގައި ކެޑްބަރީ މިލްކާއި ، ކޯޓްޑޯ، ލިންޓް، ފެރާރޯ، އަދި ޓޮބްލަރޯން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް