ކ. މާލެ
|
8 ފެބްރުއަރީ 2020 | ހޮނިހިރު 12:36
ދިރާގާއި، އެލައިޑްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ދިރާގާއި، އެލައިޑްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ދިރާގު
ދިރާގު
މިހާރު އެލައިޑްގެ އިންޝުއަރެންސްގެ ޕޮލިސީތަކަށް ދިރާގު ޕޭއިން ފައިސާދެއްކޭނެ
 
ދިރާގު ޕޭ އަކީ ރާއްޖޭގައި ތައާރަފްކުރެވުނު ފުރަތަމަ ޑިޖިޓަލް ވޮލެޓް
 
ޓްރެވެލަރސް.އެމްވީ އިން އެލައިޑްގެ ހުރިހާ އިންޝުއަރެންސް ޕޮލިސީތަކަށް ފައިސާ ދެއްކޭނެ

ދިރާގުގެ ޑިޖިޓަލް ވޮލެޓް، ދިރާގު ޕޭ މެދުވެރިކޮށް ރާއްޖޭގައި އެންމެ އެލައިޑް އިންޝުއަރެންސްގެ ޕޮލިސީތައް ފައިސާ ދެއްކުމުގެ ޚިދުމަތް ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ، ޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް މިހާރު އެލައިޑްގެ އެޕްލިކޭޝަން، އެލައިޑް ވެބްސައިޓް އަދިޓްރެވެލަރސް.އެމްވީއިން އެލައިޑްގެ ހުރިހާ އިންޝުއަރެންސް ޕޮލިސީތަކަށް ފައިސާ ދެއްކޭނެ ކަމަށެވެ.

އޭގެ އިތުރުން އެލައިޑްގެ ކަސްޓަމަރ ސަރވިސް ސެންޓަރުތަކުންވެސް ކަސްޓަމަރުންނަށް 'ކިއުއާރު ކޯޑް' ޖެއްސުމަށް ފަހު ނުވަތަ އެލައިޑްގެ މަރޗެންޓް އައިޑީ ޖެއްސެވުމަށްފަހު ދިރާގު ޕޭގެ އެޕްލިކޭޝަން މެދެވެރުކޮށް ލައިފް އިންޝުއަރެންސް ފިޔަވާ އެހެން ހުރިހާ ޕޮލިސީތަކަށް ފައިސާ ދެއްކޭނެ ކަމަށެވެ.

ދިރާގު ޕޭ އަކީ ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅޭ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ.

ރާއްޖޭގައި ނިއަރ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މިހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެއެވެ.

ދިރާގުޕޭގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 270 މާޗެންޓުން ފޯރުކޮށްދެއެވެ. އަދި މި ފަދަ މާޗެންޓް ތަކުން ދިރާގުޕޭ ގެ ކަސްޓަމަރުންނަށް މި ޚިދުމަތް ބޭނުން ކުރައްވައިގެން ކުރައްވާ ވިޔަފާރި ތަކަށް 10 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ލިބިގެންދާނެއެވެ.

ދިރާގުން ބުނީ، އެ ކުންފުނީގެ އަމާޒަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިންނާއި ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށްދިނުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް