ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 15:06
ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ޑިސްއިންފެކްޓް ކުރަނީ
ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ޑިސްއިންފެކްޓް ކުރަނީ
އޭއެފްޕީ
ނޮވެލް ކޮރޯނާވައިރަސް
އިނގިރޭސިވިލާތުން ދެ މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެއްޖެ!
 
ވޫހާޏްގައި ތިބި އިނގިރޭސިން ގެނައުމުގެ މަސައްކަތް އެގައުމުގެ ސަރުކާރުން ވަނީ ފަށާފައި
 
ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ވަނީ އަޅާފައި: ޗީފް މެޑިކަލް އޮފިސަރު
 
ބައްޔަށް ޕޮޒިޓިވްވީ ދެ މީހުން ނިސްބަތްވަނީ އެއް އާއިލާއަކަށް

ނުރައްކާތެރި ކޮރޯނާވައިރަސްއަށް، އިނގިރޭސިވިލާތުން ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެ ގައުމުގެ ޗީފް މެޑިކަލް އޮފިސަރު ކަށަވަރުކޮށްދެއްވައިފިއެވެ.

މި ދެ މީހުންނަކީވެސް އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހުންކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އެގައުމުގެ ޑިޕާޓްމަންޓް އޮފް ހެލްތުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވީ ދެ މީހުންނަކީ ކޮން ބައެއް ކަމާއި، އެ މީހުން ތިބި ސަރަހައްދު ހާމަކުރަން އިންކާރުކޮށްފައެވެ.

މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ޗީފް މެޑިކަލް އޮފިސަރު ޕްރޮފެސަރ ކްރިސް ވިޓީ ވިދާޅުވީ، ނެޝަނަލް ހެލްތް ސަރވިސްގެ ބެލުމުގެ ދަށުން އެ މީހުންނަށް ބޭނުންވާ ފަރުވާ ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި މި ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައިވާކަމުގެ ޔަގީންކަން އޭނާ ވަނީ އިނގިރޭސިވިލާތުގައި ދިރިއުޅޭ ރައްޔިތުންނަށް އަރުވާފައެވެ.

ޗައިނާގެ ވޫހާންގައި ތިބި އިނގިރޭސިވިލާތުގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް، އެ ގައުމުގެ ސަރުކާރުން ވަނީ ފަށާފައެވެ. ހުކުރު ދުވަހުގެ ވަގުތެއްގައި މީގެ ތެރެއިން 80 މީހަކު އިނގިރޭސިވިލާތަށް އައުމަށް ވަނީ ހަމަޖެހިފައެވެ. އެ މީހުން ބޭތިއްބުމަށް ހާއްސަ ކަރަންޓީން ފެސިލިޓީއެއް އެ ގައުމުގައި ވަނީ ގާއިމްކޮށްފައެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް މުޅި ދުނިޔެއިން 9835 މީހަކު މި ވައިރަސްއަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ވައިރަސް ޖެހިގެން 213 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މަރުވީ އެންމެންވެސް ނިސްބަތްވަނީ ޗައިނާއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް