ކ. މާލެ
|
30 ޖެނުއަރީ 2020 | ބުރާސްފަތި 14:08
ކޮރޯނާވައިރަސް ފެނިފައިވަނީ ޗައިނާގެ ވޫހަން ސިޓީން
ކޮރޯނާވައިރަސް ފެނިފައިވަނީ ޗައިނާގެ ވޫހަން ސިޓީން
އޭއެފްޕީ
ކޮރޯނާވައިރަސް
ކޮރޯނާވައިރަސް އިންޑިއާއިން ފެނިއްޖެ
 
ބަލި މުޅި ދުނިޔޭގައި ދަނީ ފެތުރެމުން
 
ބަލި ފެނުނީ ދަރިވަރެއްގައި ގައިން
 
7000 އަށް ވުރެ ގިނަ މީހަކަށް ބަލި ޖެހިފައިވޭ

ހަލުވިކަމާއި އެކު މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް އިންޑިއާއިން ފެނިއްޖެއެވެ.

އިންޑިއާގެ ހެލްތް މިނިސްޓްރީން ބުނީ، މި ވައިރަސް ފެނިފައިވަނީ ޗައިނާގެ ވޫހަން ސިޓީގެ ޔުނިވާސިޓީއެއްގައި ކިޔަވަމުންދިޔަ ކެރެލާގެ ދަރިވަރެއްގެ ގައިން ކަމަަށެވެ.

އެ އިދާރާއިން ބުނީ، ބަލި ފެނުނު ދަރިވަރު، ހޮސްޕިޓަލުގައި އެެޑްމިޓްކޮށް އޭނާ އަށް ފަރުވާދެމުންދާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ހެލްތުން ބުންޏެވެ. ހެލްތުން ބުނީ، ކޮރޯނާވައިރަސް އަށް ޝައްކުވެގެން 10 މީހަކަށް އެކި ހޮސްޕިޓަލުތަކުގައި ''އައިސޮލޭޝަން ވޯޑް'' ތަކުގައި ފަރުވާދެމުންދާ ކަމަށެވެ.

މި އެންމެންގެ ޓެސްޓްތައް ހެދުމަށް ޕޫނޭގައި އަށް މިހާރު ފޮނުވާފައިވާ ކަމަށް އިންޑިއާގެ ހެލްތް މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

މި ބަލި އިތުރަށް ފެތުރިދާނެ ކަމުގެ ބިރު އޮތުމުން އިންޑިއާއިން ދަނީ އެކަމަށް ދުރާލާ ތައްޔާރުވަމުންނެވެ. އެގޮތުން އެއާޕޯޓްތަކުގައި ތާމަލް ކެމެރާ ބަހައްޓާފައިވާއިރު، ކުއްލި ހާލަތުގައި ބޭނުންކުރަން އެމްބިއުލާންސްތައް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ.

ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވޫހަން ސިޓީން ފެނުނު ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ސަރަހައްދުގައި ފެތުރެމުންދާއިރު، އެންމެ ފަހުގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި މި ބަލި ވަނީ، 7،711 މީހަކަށް ޖެހިފައެވެ. ބަލި އިތުރަށް ފެތުރިދާނެތީ ދުނިޔޭގެ އެކި ގައުމުތަކުން ދަނީ އެކަމަށް ތައްޔާރުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް