ކ. މާލެ
|
30 ޖެނުއަރީ 2020 | ބުރާސްފަތި 11:42
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ކައުންސިލް
ބޭރުގެ ފަރާތްތަކުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ފައިސާ ބަލަހައްޓާނެ ގޮތް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި
 
ހިލޭ އެހީގެ ފައިސާ ޖަމާކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ރުފިޔާއިން މާރުކުރުމަށްފަހު އެމްއެމްއޭ ގައި އޮންނަ ޕަބްލިކް އެކައުންޓަކަށް

ބޭރުގެ ފަރާތްތަކުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ފައިސާ ބަލަހައްޓާނެ ގޮތް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

އެކަމާގުޅިގެން ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސަރކިއުލަރ އެއްގައި ބުނެފައިވަނީ ކައުންސިލްތަކާއި ބޭރުގެ ފަރާތްތަކާއި ދެމެދު ވެވޭ އެއްބަސްވުމުގެ ދަށުން ލިބޭ ހިލޭ އެހީގެ ފައިސާ ޖަމާކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ރުފިޔާއިން މާރުކުރުމަށްފަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) ގައި އޮންނަ ޕަބްލިކް އެކައުންޓަކަށް ކަމަށެވެ. އަދި މިފައިސާ ޖަމާކުރުމުން ކައުންސިލްތަކުން އެމްއެމްއޭ މެދުވެރިކޮށް ބޭރުގެ ފަރާތްތަކުން ލިބޭ ފައިސާއާ ބެހޭ މައުލޫމާތު ފޯމާއި ކައުންސިލާއި ބޭރުގެ ފަރާތްތަކާ ދެމެދު ވެވުނު އެއްބަސްވުމުގެ ކޮޕީ އަދި މިކަމާއި ގުޅޭ އިތުރު ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ޖެހޭނެ އެވެ.

އެ ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުން އެހީގެ ގޮތުގައި ލިބިފައިވާ ފައިސާ ކައުންސިލްގެ ބިޒްނަސް އޭރިއާ އަށާއި އެފައިސާ އެކައުންސިލެއްގެ ބޭންކަށް ޖަމާކުރެވޭނެ ކަަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް މިސަރުކާރުން ގިނަ ކަންތައްތަކެއް ކުރަމުންދާއިރު އޭގެތެރެއިން އެއް ކަމެއްގެ ގޮތުގައި މިއަހަރުގެ ބަޖެޓްގައި ވަނީ ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ބްލޮކް ގްރާންޓްގެ ގޮތުގައި ހަމަޖައްސައިދީފަ އެވެ. މީގެތެރެއިން ތެރެއިން ފުރަތަމަ ޕޭމަންޓްގެ ގޮތުގައި 134 މިލިއަން ރުފިޔާ ކައުންސިލްތަކަށް ވަނީ ޖަމާކޮށްދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް