ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 22:46
ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގައި ތިބި ދިވެހިން ރާއްޖެ ހިލޭ ގެނައުމަށް ނިންމަވާފައި
ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގައި ތިބި ދިވެހިން ރާއްޖެ ހިލޭ ގެނައުމަށް ނިންމަވާފައި
ރައީސް އޮފީސް
ކޮރޯނާވައިރަސް
ޗައިނާގައި ތިބި ދިވެހިން، ސަރުކާރު ޚަރަދުގައި ރާއްޖެ ގެންނަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި
 
މިހާތަނަށް 4610 އަށްވުރެ ގިނަ މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައި
 
ޗައިނާގައި ހަލުވި ކަމާއެކު ނޮވެލް ކޮރޯނާ ވައިރަސް އަންނަނީ ފެތުރެމުން
 
ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކުން ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީ އާ ގުޅުމަށް ވަނީ މިނިސްޓާރ އެދިވަޑައިގަންފައި

ޗައިނާގައި ތިބި ދިވެހިން ސަރުކާރު ޚަރަދުގައި ރާއްޖެ ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓާރ ވިދާޅުވީ ޗައިނާގެ ފަސް ޞަރަޙައްދެއްކަމަށްވާ ޝިއާން، ކޮންޒޫ ، ނަންޖިންގ، ޗެންދޫ އަދި ޗޮންކިންގ އިން ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންދާނެ އެވެ. އަދި ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކުން ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީ އާ ގުޅުމަށް ފޮރިން މިނިސްޓަރ ވަނީ އަންގާފައެވެ.

ޗައިނާގައި ތިިބި ދިވެހިން ސަރުކާރުގެ ޚަރަދުގައި ރާއްޖެއަށް ފުރުޞަތު ދޭން ރައީސް ނިންމެވިއިރު ޗައިނާގައި ހަލުވި ކަމާއެކު ނޮވެލް ކޮރޯނާ ވައިރަސް އަންނަނީ ފެތުރެމުންނެވެ. ޗައިނާގެ ވުހާން އިން މިވައިރަސް އެންމެ ފުރަތަމަ ފެނިފައިވާއިރު، މިވައިރަސް އެންމެ ބާރަށް ފެތުރެނީވެސް ވުހާން ސިޓީގައެވެ. އެހެންކަމުން ޗައިނާ ސަރުކާރުން ވަނީ ވުހާން އިން ނިކުތުން އެއްކޮށް މަނާކޮށްފަ އެވެ. ވުހާންގައި ދިވެހިންގެ ހަތް މީހުން ތިބި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން ޗައިނާގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުން އަނބުރާ ގެނައުމުގެ މަސައްކަތް އެޤައުމުތަކުން ދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 7 ޤައުމަކުން ވަނީ އެޤައުމުތަކުގެ ރައްޔިތުން ގެނައުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.

ދުނިޔޭގެ އެކި ޤައުމުތަކުން ވެސް މި ބަލި ފެންނަމުން އަންނައިރު، މިހާތަނަށް 4610 އަށްވުރެ ގިނަ މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ބަލި ޖެހިގެން މިހާތަނަށް 106 މީހަކު ވަނީ މަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
80%
0%
0%
0%
20%
ކޮމެންޓް