ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 19:47
ސައުތުކޮރެއާގެ އެއަރޕޯޓެއް
ސައުތުކޮރެއާގެ އެއަރޕޯޓެއް
ރޮއިޓަރސް
ކޮރޯނާވައިރަސް
ނޮވެލް ކޮރޯނާވައިރަސް: ޗައިނާ މީހުން ސައުތު ކޮރެއާ އަށް އައުން މަނާކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަނީ
 
މިހާތަނަށް އާއިރު އެގައުމުން ވަނީ ކޮރޯނާވައިރަސްގެ އަސަރު 4 މީހެއްގެ ގައިން ފެނިފައި
 
މިހާތަނަށް އާއިރު މިޕެޓިޝަނެއްގައި ފަސްލައްކަ ސާޅީސް ހާސް މީހުން ވަނީ ސޮއިކޮށްފައި
 
ސައުތުކޮރެއާގައި މިޕެޓިޝަންގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ ހަފްތާގައި

ޗައިނާ މީހުން ދެކުނު ކޮރެއާއަށް އެތެރެވުން މަނާކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ދެކުނު ކޮރެއާގެ ބައި މިލިއަނަށްވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ.

ސައުތު ކޮރެއާގައި މިޕެޓިޝަންގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ ހަފުތާގައެވެ. މިހާތަނަށް އާއިރު މިޕެޓިޝަނުގައި ފަސްލައްކަ ސާޅީސް ހާސް މީހުން ވަނީ ސޮއިކޮށްފަ އެވެ. މިހާތަނަށް އާއިރު އެޤައުމުން ކޮރޯނާވައިރަސްގެ އަސަރު 4 މީހެއްގެ ގައިން ވަނީ ފެނިފަ އެވެ.

ސައުތު ކޮރެއާއިން މިވައިރަސްގެ އަސަރު ފެނުނު ފުރަތަމަ މީހަކީ ޗައިނާގެ މީހެކެވެ. ނަމަވެސް ފަހުން މިވައިރަސްގެ އަސަރު ފެނުނު ތިން މީހުންނަކީ ޗައިނާގެ ވުހާން ސިޓީއަށް ދަތުރުކޮށްފައިވާ ސައުތު ކޮރެއާގެ މީހުންނެވެ.

ކޮރޯނާވައިރަސް ފެތުރެމުން އަންނަނީ ޗައިނާއިން. ނޯތު ކޮރެއާއިން ވެސް އަންނަނީ ޗައިނާ މީހުން އެގައުމަށް ވަނުން މަނާކުރަމުން
ޕެޓިޝަންގައި ލިޔެފައިވާ ލިޔުންކޮޅެއް

މިހާތަނަށް އާއިރު މިޕެޓިޝަނަށް ސައުތު ކޮރެއާގެ ޕްރެޒިޑެންޝަލް ބްލޫ ހައުސްއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އެކަމާގުޅޭގޮތުން ސަރުކާރުގެ ސްޕޯކްސްމަން އާ ސުވާލުކުރުމުން ބުނެފައިވަނީ އެކަމާމެދު ފިޔަވަޅުތައް އަޅަމުން ގެންދާނީ ވަރލްޑް ހެލްތު އޯގަނައިޒޭޝަނާއި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

އަނެއްކޮޅުން ސައުތު ކޮރެއާއިން ވަނީ ޗައިނާގައި ތިބި އެޤައުމުގެ ރައްޔިތުން އަނބުރާ ޤައުމަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެފަ އެވެ. އެގޮތުން ވުހާންގައި ތިބި އެޤައުމުގެ 700 އެއްހާ ރައްޔިތުން ގެނައުމަށް ހަތަރު ފްލައިޓް ފޮނުވާނެކަމަށް ސައުތުކޮރެއާ ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި މިގެންނަ ރައްޔިތުން ދެ ހަފުތާވަންދެން ކަރަންޓީނުކޮށްފައި ބައިތިއްބުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް