ކ. މާލެ
|
26 ޖެނުއަރީ 2020 | އާދީއްތަ 18:03
ކޮރޯނާވައިރަސްގެ އަސަރު ކޮށްފައިވާ ބަލިމީހުން ބައިތިއްބަމުންދަނީ ވަކިތަނެއްގައި
ކޮރޯނާވައިރަސްގެ އަސަރު ކޮށްފައިވާ ބަލިމީހުން ބައިތިއްބަމުންދަނީ ވަކިތަނެއްގައި
ރޮއިޓަރސް
ކޮރޯނާވައިރަސް
ވުހާންގައި ހުންނަ އެމެރިކާގެ ކޮންސިޔުލޭޓްގައި ތިބި ސްޓާފުން އެމެރިކާއަށް ގެންނަނީ
 
އެމެރިކާއަށް އަންނަން ބޭނުންވާ އެގައުމުގެ ރައްޔިތުން ބެއިޖިންގ ގައި ހުންނަ އެމެރިކާގެ އެމްބަސީއާ ގުޅައިގެން އެކަން ކުރިޔަށްގެންދިޔުމަށް ވަނީ އެދިފައި
 
މިފްލައިޓް ވުހާން އިން މިޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ސެން ފްރެންސިސްކޯއަށް ދިޔުމަށް ފުރާނެ

ކޮރޯނާވައިރަސް އެންމެ ފުރަތަމަ ޗައިނާއިން ފެނުނު ވުހާންގައި ހުންނަ އެމެރިކާގެ ކޮންސިޔުލޭޓްގައި ތިބި މުވައްފުން އެމެރިކާއަށް ގެންނާނެކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓުން ބުނެފިއެވެ.

ޗައިނާއިން އެމީހުން އެމެރިކާއަށް ގެނައުމަށްޓަކައި ފްލައިޓެއް ޚާއްޞަކުރެވިފައިވާ ކަމަށެވެ. މިފްލައިޓުން އެމެރިކާއަށް އަންނަން ބޭނުންވާ އެޤައުމުގެ ރައްޔިތުން ބެއިޖިންގ ގައި ހުންނަ އެމެރިކާގެ އެމްބަސީއާ ގުޅައިގެން އެކަން ކުރިޔަށްގެންދިޔުމަށް ސްޓޭޓް ޑިޕާރޓްމަންޓުން ކޮށްފައިވާ އީމެއިލެއްގައި ބުނެފައިވެ އެވެ. އަދި މިފްލައިޓް ވުހާން އިން މިޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ސެން ފްރެންސިސްކޯއަށް ދިޔުމަށް ފުރާނެކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓުން ބުނެއެވެ.

ފްލައިޓްގެ ޖާގަ އޮތީ ވަރަށް ބޮޑަށް ލިމިޓްވެފައި. އެމެރިކާއަށް ދިޔުމަށް ބޭނުންވާ އެންމެންނަށް އެފުރުސަތު ނުދެވޭނަމަ އެންމެ ބޮޑަށް އިސްކަންދޭނީ ކްރޯނާވައިރަސްގެ އަސަރު ބޮޑަށް ކުރާނެ ކަމަށް ބެލެވޭ ހިސާބުތަކުގައި ތިބި މީހުންނަށް
ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓްގެ ސްޓޭޓްމަންޓް

ވުހާންގައި 11 މިލިއަން މީހުން ދިރިއުޅެއެވެ. ޗައިނޭގެ މެދުތެރޭ ހުބެއި ޕްރޮވިންސްގެ ވެރިރަށް ވުހާން ސިޓީގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އެ ސިޓީގެ އާންމު ރައްޔިތުންނަށް ދަތުރުފަތުރު ނުކުރުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ.

ވުހާން ސިޓީގެ ރައްޔިތުން އެ ސިޓީ ދޫކޮށް އެހެން އަވަށްތަކައް ދަތުރު ނުކުރުމަށާއި، މަޖްބޫރީ ޙާލަތެއްގައި ނުވަތަ ޒަރޫރީ ބޭނުމެއްގައި މެނުވީ ގިނަ މީހުން ހެލިފެލިވެ އުޅޭ ތަންތަނަށާއި އެއްވެއްތަކަށް ނުދިއުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ހަމަ އެއާއެކު ވުހާން ސިޓީގެ ޢާންމު ދަތުރުފަތުރުތައް ވެސް ވަނީ 23 ވާ ބުރާސްފަތިދުވަހުގެ ހެދުނު ދިހައަކުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އެގޮތުން ވައިގެ ބަނދަރާއި ރޭލްވޭ ބަނދަރުތަކުގެ ތާވަލު ދަތުރުތައް ވަނީ ހުއްޓާލާފައެވެ. ހަމަ އެއާއެކު، އާއްމު ބަސްދަތުރުތަކާއި، ފެރީ ދަތުރުތައް ހުއްޓާލާ ސަބްވޭއިސްތައްވެސް މިހާރުވަނީ ބަންދުކޮށްފައެވެ. ވަކިން ޚާއްޞަކޮށް ދިގު ދަތުރުތަކާއި، އެ ސިޓީން ބޭރަށް ކުރާ ދަތުރުތައް މުއްދަތެއް ނެތްގޮތައްވަނީ ހުއްޓާލާފައެވެ.

އެމެރިކާ އިތުރުން ފްރާންސް އަދި އޮސްޓްރޭލިއާއިންވެސް ވަނީ އެގައުމުގެ ރައްޔިތުންގެ ވުހާން އިން ބޭރަށްގެންދެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށް ބުނެފަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ހޮނިހިރު ދުވަހު ބުނެފައިވަނީ އެމެރިކާގެ ސަރުކާރުން ބޭނުންވާގޮތަށް ވުހާން އިން އެމެރިކާ ރައްޔިތުން ނެރުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުރެވެން ހުރި މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް