އަންގާރަ 29 ސެޕްޓެންބަރ 2020
09 އަތަ
1442 ސަފަރު 11
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:01
އަސްރު 15:08
އިރުއޮއްސޭ 18:01
އިޝާ 19:12
ރައީސް ޔާމީން/ ޑރ. ޝަހީމް

ޔާމީނާ ގުޅޭގޮތުން އިމްރާނު ކުރެއްވި ޓްވީޓަށް ޝަހީމްގެ ހިތްހަމަނުޖެހުން

  • އިމްރާން ރައީސް ޔާމީނަށް ނިސްބަތް ކުރެއްވީ "މއ. ކާމިނީ ހުޅަނގުގޭ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް"
  • ޝަހީމް ވިދާޅުވަނީ އެއީ، "ރާއްޖޭގެ ކުރީގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް" ކަމަށް
  • ޝަހީމް ވިދާޅުވަނީ ރައީސް ޔާމީންގެ ހުކުމް އިންސާފުވެރި ނޫން ކަމަށް، އެމަނިކުފާނު މިނިވަން ކުރަން ޖެހޭ ކަމަށް

ކ. މާލެ | 26 ޖެނުއަރީ 2020 | އާދީއްތަ 13:29 | 8,013

ރައީސް ޔާމީނާއި އެމަނިފާނުގެ 2018 ވަނަ އަހަރުގެ ރަނިންގމޭޓް ޑރ. ޝަހީމް - ޓްވިޓަރ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއި ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކޯފާވެ، ފާޑު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާދިއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މއ. ކާމިނީ ހުޅަނގުގޭ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހުކުމް ތަންފީޒު ކުރަމުން ދަނީ ކުރީ ސަރުކާރުގައި، ރައީސް ނަޝީދާއި ރައީސް މައުމޫން ނުހައްޤުން ބަންދުކޮށްފައި ބެހެއްޓި ތަން އިތުރަށް ފެންވަރު ރަނގަޅުކުރުމަށްފަހު އެތަނުގައި ކަމަަށެވެ.

ޝަހީމް ކޯފާވެވަޑައިގަތް، އިމްރާނަށް ފާޑު ވިދާޅުވީ، އިމްރާންގެ އެ ޓްވީޓްގައި ޔާމީންގެ ނަންފުޅުގެ ކުރިއަށް "ރައީސް" ނުގެންނަވައި، އަނެއް ދެ ރައީސުންގެ ނަންފުޅުގެ ކުރިއަށް "ރައީސް" ގެންނަވާފައިވާތީ އެވެ. ޝަހީމް ވަނީ އެގޮތަށް ރައީސް ޔާމީންގެ ނަންފުޅު ބޭނުކުރެއްވީ ކީއްވެތޯ ވިދާޅުވެ، އިމްރާނާ ސުވާލު ކުރައްވާފަ އެވެ.

ޝަހީމް ކުރެއްވި ޓްވީޓްގައި، "އަޚް" ނުވަތަ "ޝެއިހް" ނުވަތަ "މިނިސްޓަރ" ފަދަ އެއްވެސް ހައިސިއްޔަތެއް ބޭނުން ކުރައްވާފައެއް ނުވެއެވެ. އަދި ޝަހީމް ވިދާޅުވީ، ރައީސް ޔާމީނަކީ، "ރާއްޖޭގެ ކުރީގެ އިޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް" އެވެ.

މީގެއިތުރުން ޝަހީމް ވިދާޅުވީ، ރައީސް ޔާމީނަށް ހުކުމް ކޮށްފައިވަނީ ބޭއިންސާފުން ކަމަށާއި އެމަނިކުފާނު މިނިވަން ކުރަން ޖެހޭ ކަމަށެވެ.

ކޯޓުތަކަށް ހުށަހެޅޭ ދައުވާތަކާއި، ޝަރީއަތުގެ މަރުހަލާގައި ބޭނުންކުރައްވަނީ އެއީ ރައީސެއް ނަމަވެސް އެމީހެއްގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އެވެ. ރައީސްކަން ކުރެއްވި ނަމަވެސް "ރައީސް"ގެ ލަގަބެއް ބޭނުމެއް ނުކުރައްވަ އެވެ. ހުކުމްތަކުގައި ވެސް ހުންނާނީ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.