ހޯމަ 21 ސެޕްޓެންބަރ 2020
01 އަތަ
1442 ސަފަރު 03
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ޓްރަމްޕް

އެއްދުވަހާ 125 ޓްވީޓް އަދި ރިޓްވީޓްކޮށްގެން ޓްރަމްޕް އަނެއްކާވެސް ރިކޯޑެއް ހައްދަވައިފި

  • ރިކޯޑް އާކުރެއްވީ ކުރިން ކުރެއްވި 123 ޓްވީޓާއި ރިޓްވީޓްގެ ރިކޯޑް މުގުރާލައްވައިގެން
  • ޓްރަމްޕް ޓްވިޓަރގައި ރިކޯޑް ހައްދަވާފައިވަނީ 161 ޓްވީޓުން
  • އާ ރެކޯޑެއް ހައްދަވާފައިމިވަނީ ޓްރަމްޕް ވެރިކަމުން އަޒުލުކުރުމުގެ ޝަރީޢަތް ސެނަޓްގައި ކުރިޔަށްދާތީ އެކަމާއި ގުޅުންހުރި ޓްވީޓްތަކުން

ކ. މާލެ | 23 ޖެނުއަރީ 2020 | ބުރާސްފަތި 23:55 | 6,159

ޓްރަމްޕްގެ ޓްވިޓަރ އެކައުންޓް - އަލްޖަޒީރާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ސޯޝަލް މީޑިޔާ އާއި ވަކިން ޚާއްޞަކޮށް ޓްވިޓަރ އާއި ވަރަށްވެސް ރައްޓެހި ބޭފުޅެކެވެ. ދުވާލަކު އެތައް ޓްވީޓެއް ޓްރަމްޕް ކުރައްވާއިރު، މީގެތެރޭގައި އެމެރިކާގެ ރައީސްގެ ޙައިޞިއްޔަތުން ނިންމަވާ ނިންމެވުންތަކާއި އެކިކަންކަމާއި ގުޅޭގޮތުން މީހުން ފާޅުކޮށްފައި ހުންނަ ޝުޢޫރުތަކަށްވެސް ޓްރަމްޕް ރައްދުދެއްވައެވެ. އެއްވެސް ފަސްޖެހި ވަޑައިގަތުމެއްނެތި "ހަމަ ކޮންމެ" މީހަކަށްވެސް ޓްރަމްޕް ޓްވިޓަރގައި ރައްދު ދެއްވަމުން ގެންދަވައެވެ. ގިނަ ބައެއްގެ ސަމާލުކަން ޓްރަމްޕްގެ ޓްވީޓްތަކަށް ހުއްޓިފައިވާއިރު ޓްރަމްޕަކީ، ދުނިޔޭގެ ރައީސުންގެ ތެރެއިން ޓްވިޓަރ ގައި އެންމެ އެކްޓިވް ބޭފުޅާކަމީ ޝައްކެތްވެސް ނެތް ކަމެކެވެ.

އެގޮތުން ޓްރަމްޕް ގެންދަވަނީ ޓްވިޓަރގައި އެންމެ އެކްޓިވް ރައީސުންގެ ރިކޯޑް އަމިއްލަފުޅަށް ޤާއިމުކުރައްވާ އަމިއްލަފުޅަށް އެރިކޯޑް މުގުރާލައްވަމުންނެވެ. އެގޮތުން އެއްދުވަހާ އެންމެ ގިނަ ޓްވީޓް ކޮށް ރިޓްވީޓްކުރުމުގެ އަމިއްލަފުޅު ރިކޯޑް ޓްރަމްޕް މިވަނީ އަނެއްކާވެސް މުގުރާލައްވަފަ އެވެ. އެގޮތުން ބުދަ ދުވަހު ޓްރަމްޕް މިވަނީ 125 ޓްވީޓްކޮށް އަދި ރިޓްވީޓްކޮށްފަ އެވެ.

ބުދަ ދުވަހު މިރިކޯޑް ޓްރަމްޕް މުގުރާލާފައިމިވަނީ ޓްރަމްޕް ވެރިކަމުން އަޒުލުކުރުމުގެ ޝަރީޢަތް ސެނެޓްގައި ކުރިޔަށްދާތީ އެކަމާއި ގުޅުންހުރި ޓްވީޓްތަކުންނެވެ. އެގޮތުން ބުދަދުވަހު ޖީއެމްޓީ ގަޑިން 21:15 އާ ހަމައަށް އެދުވަހު ޓްރަމްޕް ކުރެއްވި ޓްވީޓާއި ރިޓްވީޓްގެ ރިކޯޑް އާކުރެއްވީ ކުރިން ކުރެއްވި 123 ޓްވީޓާއި ރިޓްވީޓްގެ ރިކޯޑް މުގުރާލައްވައިގެންނެވެ. މީގެ އެއްމަސް ކުރިން ޓްރަމްޕް ހެއްދެވި އެރިކޯޑް މުގުރާލިކަން ހާމަކޮށްފައިވަނީ މިޑާޓާތައް އެނައިލައިޒް ކުރާ ފެކްޓް ބޭސްއިންނެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ޓްރަމްޕް 123 ޓްވީޓް އަދި ރިޓްވީޓް ކުރައްވާފައިވަނީ ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ހުށަހަޅާފައިވާ ދެ އަރޓިކަލްގެ ކަންކަން ކުރިޔަށްގެންދިޔުމަށް ހައުސްގެ ޖުޑީޝަރީ ކޮމިޓީން ފެށިދުވަހު އެވެ. އޭގެކުރިން ޓްރަމްޕް ޓްވިޓަރގައި ރިކޯޑް ހައްދަވާފައިވަނީ 161 ޓްވީޓުން އެއީ ވެރިކަމާ ޙަވާލުވެ ވަޑައިގަތުމުގެ އެއް ދުވަސްކުރިން 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

ޓްރަމްޕް މިހާރު ހުންނެވީ ވޯލްޑް އެކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ސްވިޓްޒަލޭންޑުގައެވެ. ބުދަދުވަހު ސްވިޓްޒަލޭންޑުގައި ހުންނަވާ ގަޑި އިރެއްގެ ތެރޭގައި 41 ޓްވީޓް ކުރައްވާފައިވެ އެވެ. 71 މިލިއަން މީހުންޓްރަމްޕްގެ ޓްވިޓަރ އެކައުންޓް ފޮލޯކުރެއެވެ. މި 71 މިލިއަން މީހުންނަށް ބުދަ ދުވަހު ޓްރަމްޕް ކުރެއްވި ގިނަ ޓްވީޓުތަކާއި ރީ ޓްވީޓް ތަކަކީ ރިޕަބްލިކަން މެންބަރުން ނާއި، އިދިކޮޅު ޑިމޮކްރޭޓުން ދައްކަވާފައި ހުންނަ ވާހަކަތަކަށް ރައްދުދެއްވާ ދައްކަވާފައި ހުންނަ ވާހަކަތަކާއި ވީޑިއޯތަކާއި ފޮޓޯތަކެވެ.

ފެކްޓް ބޭސް އިން ބުނާގޮތުގައި ޓްރަމްޕް ކުރެއްވި ޓްވީޓްތަކުގެ ތެރެއިން ރިކޯޑް މުގުރާލި ޓްވީޓަކީ ރިޕަބްލިކަން ސެނެޓަރ ޓެޑް ކްރޫޒް ކުރެއްވި އިމްޕީޗްމެންޓް ޝަރީޢަތް ގެނެސްދޭ އައު ޕޮޑްކާސްޓްގެ ޓްވީޓެވެ.

ސެނެޓުގައި މިހާރު އަންނަނީ ޓްރަމްޕް ވެރިކަމުން އަޒުލުކުރުމުގެ ޝަރީޢަތުގެ އަޑުއެހުންތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.