ކ. މާލެ
|
23 ޖެނުއަރީ 2020 | ބުރާސްފަތި 19:00
ދިވެހި މަސް ރިހަ
ދިވެހި މަސް ރިހަ
ސޯޝަލް މީޑިއާ
ދިވެހިންގެ މަސް ރިހަ
ސީއެންއެންގެ "ކަރީ" ލިސްޓަށް ދިވެހިންގެ މަސްރިހަ!
 
ލިސްޓުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ އިތުރުން އިރުމަތީ އޭޝިއާގެ ގައުމަތައް ހިމަނާފައިވޭ
 
މައިގަނޑު ބާވަތްތަކުގެ ދިވެހިން ބޭނުންކުރަނީ ކާށި، މަސް އަދި ފަލަމަޑީގެ ބާވަތްތައް
 
ތަފާތު އެކި ބާވަތްތައް ބޭނުންކޮށްގެން ދިވެހިން ރިހަ ތައްޔާރުކުރޭ: ސީއެންއެން

ދުނިޔޭގެ އެކި ހިސާބުތަކުގައި ތައްޔާރުކުރާ ރިހައިގެ ބާވަތްތަކަށް އަލިއަޅުވާލާ ސީއެންއެންއިން ހެދި ލިސްޓުގައި ދިވެހިންގެ "މަސް ރިހަ" ހިމަނައިފިއެވެ.

"ކަރީޒް ޖަރނީ އެރައުންޑް ދި ވަރލްޑް"ސުރުޚީގައި ލިޔެފައިވާ ރިޕޯޓުގައި، 12 ގައުމެއްގައި ރިހަ ތައްޔާރުކުރާ ގޮތާއި، ބޭނުންކުރާ ބާވަތްތައް ހިމަނާފައިވެއެވެ. މިއީ، ދެކުނު އޭޝިއާގެ ސުފުރާމަތިން ފެންނަ ކެއިންބުއިމުގެ ބާވަތްތަކަށް ޚާއްޞަ ފޮތް ލިޔާ، ކޮލީން ސެން އެކުލަވާލާފައިވާ މަޢުލޫމާތު މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.

އެގޮތުން ރާއްޖޭގައި ތައްޔާރުކުރާ މަސް ރިހަ ތައްޔާރުކުރަން ބޭނުންކުރަނީ ތިން ބާވަތެއް ކަމަށެވެ. އެއީ ކާށި، މަސް އަދި އެކިއެކި ފަލަމަޑީގެ ބާވަތްތައް ކަމަށެވެ. އަދި ކުޅިކޮށް ތައްޔާރުކުރާ މި ރިހައިގައި، އެކި ބާވަތްތަކުގެ ކަނޑު މަހާއި ރާއްޖޭގައި ހެދޭ މޭވާގެ ބާވަތްތައް ހިމެނޭ ކަމަށްވެސް ލިޔެފައިވެއެވެ.

ރާއްޖޭގައި ތައްޔާރުކުރާ އިތުރު ރިހައިގެ ބާވަތްތަކުގެ ތެރޭގައި، ކުކުޅު ރިހަ އާއި، ހުތް އަނބު ރިހަ ހިމެނޭކަމަށްވެސް ލިޔުމުގައިވެއެވެ. އަދި ތަރުކާރީގެ ބާވަތްތައް ކަމުގައިވާ ބައްޓާއި، ބަރބޯ، އަލުވި އަދި ޅަ ކެޔޮ ބޭނުންކޮށްގެން ދިވެހިން ރިހަ ތައްޔާރުކުރާ ކަމަށްވެސް ލިޔެފައިވެއެވެ.

މި ލިސްޓުގައި ހިމަނާފައިވާ އެހެން ޤައުމުތަކުގެ ތެރޭގައި ދެކުނު އޭޝިއާގެ ޤައުމުތަކުގެ އިތުރުން ތައިލެންޑާއި، ޖަޕާން، ކޮރެއާ، މެލޭޝިއާ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
14%
0%
7%
7%
29%
43%
ކޮމެންޓް