ކ. މާލެ
|
23 ޖެނުއަރީ 2020 | ބުރާސްފަތި 13:52
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
ފަނޑިޔާރު ރައޫފް ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ނުފެންނަކަމަށް ލަފާ އެރުވުމަށް ޖޭއެސްސީން ނިންމައިފި
 
ޖޭއެސްސީން އެގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު

ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ނުފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް ޖޭއެސްސީން ނިންމައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ ނަންފުޅު ޖޭއެސްސީއަށް ފޮނުއްވެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ. އެ ނަންފުޅާއެކު އުއްތަމަ ފަނޑިޔާރުކަމަށް އަހުމަދު މުއުތަސިމް އަދުނާނުގެ ނަންފުޅު އަދި ފަނޑިޔާރުކަމަށް ހުސްނުއްސުއޫދުގެ ނަންފުޅުވެސް ރައީސް ފޮނުއްވެވި އެވެ.

އޭގެތެރެއިން އުއްތަމަ ފަނޑިޔާރުކަމަށް މުއުތަސިމް އަދި ފަނޑިޔާރުކަމަށް ހުސްނުއްސުއޫދު ވަނީ އައްޔަންކުރައްވާފަ އެވެ. ނަމަވެސް ރައުފާ ގުޅޭ މައްސަލަތަކެއް ބަލަމުންގެންދާތީވެ، ރައޫފުގެ ނަންފުޅަ މެދު ޖޫއެސްސީން އޮތީ ގޮތެއް ނުނިންމާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް