ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 21:37
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ބޮލީވުޑްގެ އެންމެ އަގުބޮޑު ތަރިއަކަށް އަކްޝޭ
 
އަކްޝޭ ދެން ސޮއިކުރާ ފިލްމްގެ އަގަކީ 120 ކްރޯޑް ރުޕީސް ކަމަށް ރިޕޯޓްތައް ބުނޭ
 
މި ފިލްމަކީ އާނަންދް އެލް ރާއީ ޑައިރެކްޓް ކުރާ ފިލްމެއް
 
ރިޕޯޓްތައް ބުނާގޮތުން މި ފިލްމް ރިލީޒް ކުރެވޭނީ މިއަހަރުގެ ފަހުކޮޅު

ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރު ދެން ކުޅޭ ފިލްމްގެ އަގަކީ 120 ކްރޯޑް ރުޕީސް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އާނަންދް އެލް ރާއީ ޑައިރެކްޓް ކުރާ މި ފިލްމަށް އަކްޝޭ ސޮއިކުރުމުން އޭނާ ވެގެންދާނީ އެންމެ އަގުބޮޑުކޮށް ބޮލީވުޑް ފިލްމް ކުޅޭ ތަރިއަށެވެ.

"ތަނޫ ވެޑްސް މަނޫ" އަދި "ޒީރޯ" ފަދަ ފިލްމްތައް ޑައިރެކްޓް ކޮށްފައިވާ އާނަންދުގެ މި ފިލްމްގައި މުހިއްމު ރޯލްތަކުން ސާރާ އަލީ ޚާން އާއި ދަނޫޝް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ރިޕޯޓްތައް ބުނާގޮތުން މި ފިލްމް ރިލީޒް ކުރެވޭނީ މިއަހަރުގެ ފަހުކޮޅުއެވެ.

އަކްޝޭ އަށް މި ހުށަހެޅުން އައިސްފައި ވަނީ 2019 ވަނަ އަހަރު ރިލީޒްކުރި އަކްޝޭގެ ފިލްމްތަކުން ބޮލީވުޑް ބޮކްސް އޮފީހުގައި 700 ކްރޯޑްގެ އާމްދަނީއެއް ހޯދާފައިވަނިކޮށެވެ.

އަކްޝޭގެ އެންމެ ފަހުން ރިލީޒް ކުރި ފިލްމް "ގުޑް ނިއުޒް" ވަނީ ބޮކްސް އޮފީހުގައި 200 ކްރޯޑް ކްލަބުން ޖާގަ ހޯދާފައެވެ. މި ފިލްމްގައި އަކްޝޭއާއި އެކު ފެނިގެން ގޮސްފައިވަނީ ކަރީނާ ކަޕޫރާއި، ކިއާރާ އަދުވާނީ އަދި ދިލްޖީތް ދޯސަންއެވެ.

މީގެ އިތުރުން 2019 ވަނަ އަހަރު ރިލީޒްކުރި އަކްޝޭގެ "ކޭސަރި" އަށް ވަނީ 154 ކްރޯޑް ރުޕީސް ލިބިފައެވެ. "މިޝަން މަންގަލް" އަށް 202 ކްރޯޑް ރުފީސް އަދި "ހައުސްފުލް 4" އަށް ވަނީ 194 ކްރޯޑް ރުޕީސް ލިބިފައެވެ.

އަކްޝޭ ގެ ތިން ފިލްމެއް މިއަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ ރޯހިތް ޝެޓީގެ އެކްޝަން ޑްރާމާ "ސޫރްޔަވަންޝީ" އާއި "ޕްރިތްވިރާޖް" އަދި "ލަކްސްމީ ބޮމް" ހިމެނެއެވެ. މި ތިން ފިލްމުގެ ތެރެއިން "ސޫރްޔަވަންޝީ" ގެ މަންޒަރުތައް ނަގާ ނިމިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް