ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 21:27
މިނިސްޓަރ މަހްލޫފާއި އެކު ބޮޑީބިލްޑިންގ ޓީމާއިއެކު
މިނިސްޓަރ މަހްލޫފާއި އެކު ބޮޑީބިލްޑިންގ ޓީމާއިއެކު
ޓްވިޓަރ
ބޮޑީ ބިލްޑިންގ
ބޮޑީބިލްޑިންގ އަށް ގެނައި ބޭރުގެ ކޯޗު "ފިލައިފި"
 
ކޯޗު ފިލާފައިވަނީ އޮކްޓޯބަރު މަހުގެ ފަހުކޮޅު
 
ފުލުހުންނާއި ގުޅިގެން އެސޯސިއޭޝަނުން ބެލި ބެލުމުން ކޯޗު ރާއްޖެ ދޫކޮށް ގޮސްފައިވާކަން އެނގުނު

ރާއްޖޭގެ ގައުމީ ބޮޑީބިލްޑިންގ ޓީމަށް ގެނައި ބޭރުގެ ކޯޗު "ފިލައިފި" އެވެ.

ރާއްޖޭގެ ގައުމީ ބޮޑީބިލްޑިންގ ޓީމަށް އިންޑިއާގެ ތަޖުރިބާކާރު ކޯޗެއް ގެނެސް އޭނާގެ އިރުޝާދުގެ ދަށުން ޓްރެއިނިންތައް ފެށީ އޯގަސްޓް މަހުގެ ތެރޭގައެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޗު ފިލާފައިވަނީ އޮކްޓޯބަރު މަހުގެ ފަހުކޮޅުއެވެ. އޭނާ ފިލާފައިވަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އިންޑޮނޭޝިއާގެ ބަތާމްގައި ބޭއްވި އޭޝިއާގެ ބޮޑީބިލްޑިންގ މުބާރާތާއި ހިސާބުން ޖެހުނު މައްސަލައެއްގައެވެ.

އެނގިފައިވާ ގޮތުގައި ސިންގަޕޫރަށް އެތެރެވެ ފެރީގައި ބަތާމަށް ޓީމް ދިއުމަށް ރާވާފައި އޮތްއިރު، ސިންގަޕޫރަށް ކޯޗު ގެންދިޔައީ އޭނާގެ ވިސާ ހަމަނުޖައްސައެވެ. އެހެންކަމުން ސިންގަޕޫރުގެ އިމިގްރޭޝަނުން ވަނީ އޭނާ ޑީޕޯޓްކޮށް އަނބުރާ ރާއްޖެއަށް ފޮނުވާލާފައެވެ.

"ކޯޗު ގާތްގަނޑަކަށް 10 ގަޑިއިރު އެއާޕޯޓުގެ ޑިޓެންޝަނުގައި ބޭންދުމަށްފަހު އަނބުރާ ރާއްޖެއަށް ފޮނުވާލީ. އެހާ ހިސާބުން ކޯޗާ އެސޯސިއޭޝަނާ މައްސަލަ ޖެހުނު" މައުލޫމާތު ދިން މަސްދަރުން ވިދާޅުވިއެވެ.

އޭޝިއާގެ މުބާރާތަށް ފަހު ޓީމް ރާއްޖެ އައުމުންވެސް ކުޑަ ދުވަސްކޮޅެއް ވަންދެން ޓްރެއިނިންތަކުގައި ކޯޗު ބައިވެރިވިއެވެ. އެހެން ނަމަވެސް، އޭގެ ދުވަސްކޮޅެއް ފަހުން އޭނާގެ ހަބަރެއް ނުވެގެން ދިރިއުޅުނު ކޮޓަރިއަށް ފުލުހުންނާއެކު ގޮސް ދޮރު ހުޅުވިއިރު، އޭނާ ނެތްކަން ފާހަގަކުރެވުނު ކަމަށް މައުލޫމާތު ދިން ފަރާތުން ވިދާޅުވިއެވެ.

ފުލުހުންނާއި ގުޅިގެން އެސޯސިއޭޝަނުން ބެލި ބެލުމުން ކޯޗު ރާއްޖެ ދޫކޮށް ގޮސްފައިވާކަން އެނގުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ހަމީދާ ރާއްޖެއެމްވީއިން ސުވާލުކުރުމުން ވިދާޅުވީ ކޯޗާއެކު ހެދި އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށާއި އެއްބަސްވުން ނިމުމަކަށް ގެނައީ އުންމީދު ކުރި ވަރަށް އޭނާއަށް ޕަރފޯމް ނުކުރެވުމުން ކަމަށެވެ.

އިބްރާހިމް ހަމީދު ވިދާޅުވީ މިހާރު ތައިލޭންޑުގެ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމާ ގުޅޭގޮތުން ތައިލޭންޑުގެ ފެޑަރޭޝަނާ ވާހަކަތައް ދެކެވެމުންދާ ކަމަށެވެ.

ބޮޑީބިލްޑިންގ އަށް ދުވަހަކު ޚަރަދު ނުކުރާ ވަރަށް ފާއިތުވި އަހަރުގައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ޚަރަދުކޮށްފައިވާ އިރު، ބައިވެރިވި ހުރިހާ މުބާރާތަކުން ވެސް ރަނގަޅު ކާމިޔާބީތަކެއް އެތްލީޓުން ވަނީ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
5%
0%
3%
11%
19%
62%
ކޮމެންޓް
20 ޖެނުއަރީ 2020 | ހޯމަ 14:02
ރަމީޒް
އިއްބެ ބޭނުްންވަނީ ރިފާ ލައްވާ ހުރިހާކެމެއް މަސްއްކަތެއްކުރުވާފަ ބޭރުކޮށްފަ މެޑަލްޖަހަން މިއިހަގީގަތަކީ އިއްބެއަކީ ހަގީގަތުގަ ކަމެއް ވާމީހެއް ނޫން. މީޓިންތަކުގަ ބުނަންނުކެރޭ ވާހަކަތައް ރިފާލައްވާ ބުނުވާފަ އެކަމުން ސަލާމަތް ވާން މިއުޅެނެނީ
20 ޖެނުއަރީ 2020 | ހޯމަ 13:56
މުހައްމަދު
ކޮބާތަ އެކްސްކޯ މެންބަރުން ރިފާގެ ގުބޯ ގޮބޯ ބޯއި އައްޕަތާ މަންމަނުކުދިން ބޯޑުގަ ތިބެގެން ޗަރުކޭސް ކުޅެނީ ދޯ
20 ޖެނުއަރީ 2020 | ހޯމަ 13:48
ސީޒަން
މިއެސޯސިއޭޝަނުގަ ވަކިބަޔަކު ބޭނުންވާގޮތައް ކަންކުރަނީ އެތުލީޓުންނާވެސް ޒާތީގޮތުން ޖައްސާލައިގެން އުޅުމާ ވަކިބަޔަކު ސެލެކްޝަންއް ހޮވުމާ، މިހާރުވެސް މިތަނުގަ ނެތް ޕްރޮފެޝަނަލަޒިމްއެއް ގަވައިދުތައްވެސް އޮޅުވައިލައިގެން ހަދާފަ ހުންނަނީ ފައިސާ ޙަރަދުކުރާގޮތެއް ނޭންގޭ ބިިލްތައް ހަދާފަ ފައިސާލިބޭ އެކަމަކު އެއިގެން އެތުލީޓުންނައް ބޭނުންވާތެކެއްޗެއް ނުލިބޭ މިހިރީ ހަމަ ހިގާފަ ހުރިކަންކަން.
20 ޖެނުއަރީ 2020 | ހޯމަ 00:22
ބޯޑީބިލްޑަރ
މިނިސްޓަރައް ގޮވާލަން މިއެސޯސިޢޭޝަންގަ ހިންގާފަ ހުރި އެތުލިޓުންނައް އުނިލިބޭ ގަވައިދު އިސްލާހުކުރުމައް އަދި ކަމިޝަނަރ އޮފް ސްޕޯޓްސް ހިނާ ވެސް މިކަންބަލާ ފިޔަވަޅުތަކެއް އެޅުމައް ނޫނީ މިކުޅިވަރު ހަލާކުވާނެކަން ޔަގީން
20 ޖެނުއަރީ 2020 | ހޯމަ 00:15
ޢިސްމާއިލް
ޢޮލިމްފިކް ކޮމެޓިގެ ދޯހަޅި ވަހަކަ އިބްރާހިމް ދައްކާނެ ބަލަ ތިޔަކުރާ މޮޅުކަންކަން
20 ޖެނުއަރީ 2020 | ހޯމަ 00:10
ޝަބީން
ތިޔަ އެސޯސިއޭޝަނައް ވަނީ ރަންނަމާރި އަރާފަ ވަރައްސާފު އެކަން އެތުލީޓުންގެ ވޯޓުލުމުގެ ހައްގު ނުހަމަގޮތުގަ ޏާޖާއިޒު ބޭނުންކޮށްފަ އެތުލީޓުންގެ ބާރުކަޑުވަން ބޭރުން މީހުން ވައްދާފަ.
20 ޖެނުއަރީ 2020 | ހޯމަ 00:07
ހަސީބު
މިކަމަކީ ބޯޑުގެ މާކަބޮޑު މަޝްވަރާއެއްކޮށްގެން ކުރިކަމެއް ނޫން އިބްރާހިމް ހަމީދު އަމިއްލަޔައް ނިންމި ނިންމުމެއް މިކަމުގެ ޒިންމާނަގަންޖެހޭނީ އެސޯސިއޭޝަނުގެ ރައީސް ކިހާބޮޑު ގެއްލުމެއް ކޮބާ ކުރިޙަރަދު ޓީވީ އިން ޕްރެސްބާއްވާ މޯޅުފިލުމުކުޅެ ލަދުވެތި. މިހާރުވެސް އިންތިޙާބު ބޭއްވީ ބައެއް އެތުލީޓުންގެ ވޯޓުލުމުގެ ޙައްގު ނަގާލާ އެސޯސިއޭޝަނުގެ މެންބަރުކަމުން ވަކިކޮށް. ކުޅިވަރާ ނުބެހޭ ބަޔަކައް މެންބަރުކަންދީ ވޯޓުއަޅާ މަކަރާ ހީލަތުން. މިކުޅިވަރުގަ ބޯޑީބިލްޑަރުމްގެ ހައްގަ ވަނި އަރައިގަންފަ އިބްރަހިމް ހަމީދުމެން އިންސެކިޔޯ ވާމިންވރުކީ މިއީ.
19 ޖެނުއަރީ 2020 | އާދީއްތަ 23:46
ޢިސްހާގް
ޔޫތު މިނިސްޓަރުުގެ އަޅާނުލާކަމައް ރައިސްވެސް ނާއިބު ރަޢިސްވެސް ބުނާތީ އަޑުއިވޭ. ވާހަކައެއްބުނުމުން ހަޖަމް ނުކުރެވޭކަމައް ވަނީ މިނިސްޓްރީގެ ދޯހަޅިކަން އބަހުރިކަމައް މި އެސޯސިއޭޝަނުގެ ވެރިންގެ ފަރާތުން ޙަބަރުތައް ހުރީ