ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 16:39
ގއ ކަނޑުހުޅުދޫގައި ޖިންސީ ގޯނާގެ މައްސަލައިގައި ހިމެނޭ 82 އަހަރުގެ މީހާ
ގއ ކަނޑުހުޅުދޫގައި ޖިންސީ ގޯނާގެ މައްސަލައިގައި ހިމެނޭ 82 އަހަރުގެ މީހާ
ޓްވިޓަރ
ޖިންސީ ގޯނާ
ޖިންސީ މައްސަލަ ސަމާލުކަމަށް ނުގެނައީ ރަސްމީކޮށް ހުށައަޅާފައި ނެތުމުން: ކައުންސިލް
 
ކުއްޖާގެ ބައްޕަ މަސްތުވާތަކެތި ބޭނުންކުރާކަން ކައުންސިލަށް ކުރިންވެސް ޔަޤީން
 
މުނިކާފަގެ މައްސަލައެއް ކޯޓުގައި ހިނގާކަަން އެނގުނީވެސް ފެންމަތިވި މައްސަލަތަކަށްފަހު
 
ރަސްމީކޮށް ކައުންސިލަށް މީހަކު މައްސަލަ ހުށައަޅާފައިނުވޭ

ގއ ކަނޑުހުޅުދޫގައި ޖިންސީ ގޯނާގެ މައްސަލައިގައި ހިމެނޭ 82 އަހަރުގެ މީހާއަކީ އެފަދަ މައްސަލަތަކުގެ ރެކޯޑޮ އޮންނަ މީހެއްކަން އެނގޭ ކަމަށާއި، ނަމަވެސް އެކަން އިދާރާއެއްގެ ސަމާލުކަމަށް ނުގެނައީ ރަސްމީކޮށް ކައުންސިލަށް މީހަކު މައްސަލަ ހުށައަޅާފައި ނުވާތީކަމަށް ކަނޑުހުޅުދޫ ކައުންސިލުން ބުނެފިއެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ދިން މައްސަލާގައި ހޮނިހިރު ދުވަހުގެރޭ މަޖިލިސް އިދާރާގައި އޮތް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން ކަނޑުހުޅުދޫ ކައުންސިލުގެ ރައީސް، އަހުމަދު ޝަހީމްއާ ފޯނު މެދުވެރިކޮށް ވަނީ ވާހަކަދައްކާފައެވެ.

އެގޮތުން ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ދިން މައްސަލައިގައި ހިމެނޭ އެ ކުއްޖާގެ މުނިކާފައަކީ އެފަދަ މީހެއްކަން ކުރިން އެނގިފައިވޭތޯ މެމްބަރުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، މުނިކާފަގެ މައްސަލައެއް ކޯޓުގައި ހިނގާކަަން އެނގުނީވެސް މި ފެންމަތިވި މައްސަލަތަކަށްފަހު ކަމަށާއި، އޭނާ 3 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ކޯޓުގައި އޮންނަތާ ދޮޅުއަހަރު ވެފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަޅުގަނޑުމެންނަށްވެސް މި މައްސަލައާއި ގުޅިގެން އެއްވެސް ފަރާތަކުން އަޅުގަނޑުމެންނަކަށް ނެތް އަންގާފައެއް ކުރީގައި މިކަހަލަ މައްސަލައެއްގައި މުނިކާފަގެ މައްސަލައެއް ކޯޓުގައި ވާކަމަށް، އެހެން ނަމަވެސް މިކަމާ ގުޅިގެން އަޅުގަނޑުމެން ސާފުކުރި މައުލޫމާތުގެ އަލީގައި އެނގުނީ ކުރީގައި 3 އަހަރު ކުއްޖެއްގެ މައްސަލައިގައި ތަހުޤީޤު ފުރިހަމަކޮށް ޕީޖީން ކޯޓާއި ހަމައަށް މި މައްސަލަ ފޮނުވާފައިވާކަމަށް އަޅުގަނޑުމެންނަށް އެ މައުލޫމާތު ފަހުން ލިބިފައި އެ އިނީ، އެ މައްސަލަ އަދި ކޯޓުގައި އޮންނަތާ ދޮޅުއަހަރު ވެފައިވާކަމަށް އެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބިފައިވަނީ.
ކަނޑުހުޅުދޫ ކައުންސިލުގެ ރައީސް އަހުމަދު ޝަހީމް

ނަމަވެސް އޭނާއަކީ ޖިންސީ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއްކަން ކުރިންވެސް އެނގޭ ކަމަށާއި، އޭނާގެ މައްސަލަ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ނުގެނައީ ރަސްމީކޮށް އޭނާގެ މައްސަލައެއް ކައުންސިލަށް ހުށައެޅިފައިނުވާތީކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް (3 އަހަރު ކުއްޖާއަށް މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލަ) ރަސްމީ ހައިސިއްޔަތުން އެނގިފައެއް ނުވޭ، އެކަމަކު އަޅުގަނޑުމެންނަށްވެސް އެނގޭ މުނިކާފައަކީ މީގެ ރެކޯޑް އޮންނަ މީހެއްކަން.
ކަނޑުހުޅުދޫ ކައުންސިލުގެ ރައީސް އަހުމަދު ޝަހީމް

އޭގެ އިތުރުން، ކުއްޖާގެ މަންމައާއި ބައްޕަ މަސްތުވާތަކެތި ބޭނުންކުރަމުންދާ ކަމުގެ މައުލޫމާތު އަދި ކުއްޖާގެ ދިރިއުޅުމުގެ ހާލަތާއި ގުޅޭގޮތުން ކުރިން އެނިފައިވޭތޯ ކޮމިޓިގެ މުޤައްރިރު ޖީހާން މަހުމޫދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ، ކުއްޖާގެ ބައްޕަ މަސްތުވާތަކެތި ބޭނުންކުރާކަން ކައުންސިލަށް ކުރިންވެސް ޔަޤީންވެފައިވާ ކަަމަށާއި، ނަމަވެސް މަންމަ މަސްތުވާތަކެތި ބޭނުންކުރާކަން ކުރިން ނޭނގޭ ކަަމަށެވެ.

އަދި އެކަންކަމާއި ގުޅިގެން ކުއްޖާ ރައްކާތެރި ނޫންކަން އެނގި އެ ކަންބޮޑުވުން އޮންނަ ކަމަށާއި، ނަމަވެސް ކަންބޮޑުވިޔަސް ކުރެވޭނެ ކަމެއް ނެތްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެންގެ ކަންބޮޑުވުން އޮވޭ، އެހެން ނަމަވެސް ކުއްޖާ ބަލަމުންދަނީ ކުއްޖާގެ މަންމައާއި ބައްޕަ ދެއްތޯ، ކަންބޮޑުވުން ހުރިހާ ކަމެއްގައިވެސް އޮންނާނެތާ، ހުރިހާ ކަމެއްވެސް ފެށިގެން މި އަންނަނީ މަސްތުވާތަކެތިން، އެހެންވީމާ އެ ކަންބޮޑުވުން އަޅުގަނޑުމެންނަށް އޮވޭ، އެކަމަކުވެސް ކުއްޖާ އޭރުގަ ބަލަމުން ގެންދިޔައީ ކުއްޖާގެ މަންމައާއި ބައްޕަ، އެހެންވީމާ ދެން އަޅުގަނޑުމެން ކަންބޮޑުވިޔަސް ކުރާނެ ކަމެއް ނޯންނާނެތާ،
ކަނޑުހުޅުދޫ ކައުންސިލުގެ ރައީސް އަހުމަދު ޝަހީމް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭ މައްސަލައިގައި ގިނަ އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް މިފަހުން ދެ އަހަރުގެ ތުއްތު ކުއްޖަކު ރޭޕްކުރުމުގެ ތުހުމަތުކުރެވޭ އެކުއްޖާގެ މުނިކާފަގެ މައްޗަށް ކުރިން ހަމަ މިކަހަލަ މައްސަލައެއްގައި ދައުވާކުރަން ފޮނުވި، އެ މައްސަލަ ކުރިއަށް ނުގެންގޮސްފައިވާތީ، އާންމުން އަންނަނީ ސަރުކާރަށާއި މުއައްސަސާތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް
19 ޖެނުއަރީ 2020 | އާދީއްތަ 17:26
ކެޔޮޅު
އަދިވެސް ތަނެއް އޮތިއްޔާ ބޯކޮށްޕާތި. ކޮންމެކަމެއް ނުޖެހޭ ހުށަހަޅާކަމަކަށް ވާކަށް. މިފަދަ މައްސަލަ ތަކުގެ ކުޑަވެސް އަޑެއްއިވޭއިރަށް އަމިއްލަޔަށް ޖެހޭ އެކަމެއްބަލަން. އެއީ ވެރިންގެ ޒިންމާއެއް.