ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 14:55
ސިވިލް ސަރވިސް މުވައްޒަފުންތަކެއް
ސިވިލް ސަރވިސް މުވައްޒަފުންތަކެއް
ރާއްޖެ އެމްވީ
ސިވިލް ސަރވިސް
ސިވިލް ސަރވިސްގެ ގަވާއިދަށް އިސްލާހު ގެނައުމަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
 
އެއް މަސްދުވަހުގެ ތެރޭގައި ސިވިލް ސަރވިސްގެ ޤަވާއިދަށް ގެންނަން ފެންނަ އިސްލާހުތަކާ ގުޅޭ ޚިޔާލުތައް އީމެއިލް ނުވަތަ ސިޓީގެ ޒަރީޢާއިން ކޮމިޝަނަށް ހުށަހެޅޭނެ

ދިވެހި ސިވިލް ސަrވިސްގެ ޤަވާއިދަށް އިޞްލާޙު ގެނައުމަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

އެކަމާއި ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުން ނެރިފައިވާ ސަރކިއުލަރ އެއްގައި ބުނެފައިވަނީ ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން އެކުލަވާލާ ޢަމަލުކުރަމުންދާ ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2014 މުރާޖަޢާކޮށް، އެ ޤަވާއިދަށް އިޞްލާޙު ގެނައުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާކަމަށެވެ. އަދި ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދަކީ ޢާންމު ރައްޔިތުންނާއި، ސަރުކާރުގެ އިދާރާތަކާއި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ޙައްޤުތަކާއި، މަޞްލަޙަތުތަކާއި ގުޅުންހުރި މުހިންމު ޤަވާއިދެއްކަމަށް ސިވިލް ސަރވިސް އިން ބުނެއެވެ.

މިޤަވާއިދަށް ގެނެވޭ އިޞްލާޙުތަކަކީ ހުރިހާ ރައްޔިތުން އަދި ޚާއްޞަކޮށް ސިވިލް ސަރވިސްގެ މުވައްޒަފުންގެ ބިނާކުރަނިވި ޚިޔާލާއި މަޝްވަރާއާއެކު ގެނެވޭ އިޞްލާޙުތަކަކަށްވުން މުހިންމު ކަމަށްވެސް ސިވިލް ސަރވިސް އިން ބުނެއެވެ.

އެހެންކަމުން ކުރިޔަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ސިވިލް ސަރވިސްގެ ޤަވާއިދަށް ގެންނަން ފެންނަ އިޞްލާޙުތަކާ ގުޅޭ ޚިޔާލުތައް އީމެއިލް ނުވަތަ ސިޓީގެ ޒަރީޢާއިން ކޮމިޝަނަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އީމެއިލް އެޑްރެސް އަކީ [email protected] އެވެ.

ސިވިލް ސަރވިސް ޤަވާއިދަށް އިޞްލާޙު ގެނައުމަށް ނިންމާފައިވާއިރު އެޤަވާއިދަށް އިޞްލާޙު ގެނައުމަށް ބައެއް މުވައްޒަފުންވެސް އެދިފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
16 ޖެނުއަރީ 2020 | ބުރާސްފަތި 20:29
ސީދާ
ތިޔަ ޤަޥާޢިދެއް އިސްލާޙް ކުރާއިރު ސިވިލްސާވަންޓުންނަށް މިހާރު ލިބޭގޮތަށް އޮތް އެއްވެސް ޢިނާޔަތެއް އުނިކޮށް ނުލައި އެ ޢިނާޔަތްތަކެއް ލިބުން މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް ހައްދަވައި ދެއްވުން ރަނގަޅުވާނެނޫންތޯ ދިގު މުއްދަތެއްގައި ސިވިލްސާވިސްއަށް ޚިދުމަތްކޮށް ވަރުބަލިވެ ގައިގެ ބާރު ދެރަވެ ބަލިވުމުން ސަލާމް ޖަހަން ދޫކޮށް ލުމުގެ ބަދަލުގައި އެފަދަ މީހުންނަށްވެސް ލުއި ފަސޭހަގޮތެއް ހައްދަވައި ދެއްވުން އެއީ ނޫންތޯ އޯގާތެރި ސަރުކާރަކުން ކޮށްދެއްވަން ޖެހޭނެ ކަމެއްނޫންތޯ