ކ. މާލެ
|
13 ޖެނުއަރީ 2020 | ހޯމަ 08:46
ޗައިނާގެ ޝަންހާއީ ސިޓީ
ޗައިނާގެ ޝަންހާއީ ސިޓީ
ފޭސްބުކް
ޗައިނާ
ޗައިނާގެ ތިން ސިޓީއެއްގައި ރާއްޖެ އިޝްތިހާރު ކުރަނީ
 
މީޑިއާ އަދި ސެލެބްރިޓީ ފެމިލިއަރައިޒޭޝަން ޓްރިޕް ކުރިއަށް ގެއްދިއުމަށް ވަނީ ރާވާފައި
 
ހަތް ލެޑް ސްކީރެނެއް ބަހައްޓާނެ: އެމްއެމްޕީއަރްސީ
 
ޕްރޮމޯޝަންތައް ކުރިޔަށް ގެންދަނީ ބެއިޖިން، ޝަންހާއިގެ އިތުރުން ގުއަންޒީ ގައި

ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ގައުމު، ޗައިނާގެ އެންމެ ބޮޑު ތިން ސިޓީގައި ރާއްޖެ އިޝްތިހާރު ކުރުމަށް އައުޓްޑޯ ކެމްޕެއިނެއް ފަށައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ބުނީ، ޗައިނާގެ ވެރިރަށް ބެއިޖިންގެ އިތުރުން ގުއަންގްޒޯ އަދި ޝަންހާއިގައި ކުރިއަށް ގެންދާ އެ ކެމްޕޭނުގެ ދަށުން ރާއްޖެ އަކީ ޗުއްޓީ ހޭދަކުރުމަށް ޗައިނާގެ ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރެވިގެންދާނެ ކަމަށެވެ.

އެގޮތުން ބެއިޖިންގެ އެންމެ ބޮޑެތި އޮފީސް ޢިމާރާތްތަކުގައި ހިމެނޭ ދެހާސް ލެޑް ސްކްރީންތަކާއި ގުއަންގްޒޯގެ އެންމެ ބޮޑު ފަސް ޝޮޕިން މޯލްގެ ބޭރުގައި ބެހެއްޓިފައިވާ ބޮޑެތި ލެޑް ސްކްރީންތަކުގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެންނަ ވީޑިއޯ އިޝްތިހާރުތައް މި ކެމްޕެއިންގެ ދަށުން ދައްކަމުން ދާނެ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ.

އަދި ޝަންހާއިގެ އެންމެ ބާރުބޮޑު އަދި ދުވާލެއްގެ މައްޗަށް ދޮޅުލައްކަ މީހުން ބޭނުންކުރާ މެޓްރޯ ސްޓޭޝަންގައި ގައި ބެހެއްޓިފައިވާ ހަތް ލެޑް ސްކްރިންއެއްގައި، ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާކުރެވެން ހުރި ކަންކަން އިޝްތިހާރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާ މާކެޓްގައި ރާއްޖެ އިޝްތިހާރުކުރުމަށް މިއަހަރު ހިންގާނެ ހަރަކާތްތަކުގެ ތެރޭގައި ދެ ފެއާއެއްގައި ބައިވެރިވުމާއި ދެރޯޑް ޝޯ ބޭއްވުމުގެ އިތުރުން މީޑިއާ އަދި ސެލެބްރިޓީ ފެމިލިއަރައިޒޭޝަން ޓްރިޕް ކުރިއަށް ގެއްދިއުމަށް ވަނީ ރާވާފަ އެވެ. މީގެއިތުރުން ޑިޖިޓަލް މީޑިއާ ކެމްޕެއިންތައް ވެސް އެ މާކެޓަށް އަމާޒުކުރެވިގެން ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ.

މިދިޔަ އަހަރުވެސް ޗައިނާގައި ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް އެމްއެމްޕީއާރްސީން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޗައިޔާ އައުޓްބައުންޑް ޓްރެވަލް ޓޫރިޒަލް މާކެޓް (ސީ.އޯ.ޓީ.ޓީ.އެމް) ފެއާގައި ބައިވެރިވުމުގެ އިތުރުން ބެއިޖިން، ޝަންހާއި، ގުއަންގްޒޯ އަދި ޑއްޑޫގައި ވަނީ ރޯޑް ޝޯއެއް ބާއްވާފަ އެވެ. އަދި ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ވިޝަން އަދި ވީބޯގައި ވަނީ ރާއްޖޭ ޕްރޮމޯޓްކުރުމުގެ އޮންލައިން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ޗައިނާއަކީ އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް ޗައިނާގެ 234,372 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. ނަމަވެސް، ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ ފާއިތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި މަދުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް