ބުދަ 30 ސެޕްޓެންބަރ 2020
10 އަތަ
1442 ސަފަރު 12
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:08
އިރުއޮއްސޭ 18:01
އިޝާ 19:12
ޔުނައިޓެޑް އަރަބް އެމިރޭޓްސް

ޔޫއޭއީން ފަސް އަހަރު ދުވަހުގެ ޓޫރިސްޓު ވިސާ ދޫކުރަނީ

  • މިހާރު ދޫކުރަނީ 90 ދުވަހަށް
  • އިއުލާން ކުރެއްވީ ބޮޑު ވަޒީރު ޝޭހް މުހައްމަދު ބިން ރަޝީދު އަލް މަޙްތޫމް
  • އަހަރެއްގެ ތެރޭގައި 21 މިލިއަނަށްވުރެ ގިނަ ފަތުރުވިން ޒިޔާރަތް ކުރޭ : ބޮޑު ވަޒީރު

ކ. މާލެ | 6 ޖެނުއަރީ 2020 | ހޯމަ 21:57 | 4,639

އަހަރެއްގެ ތެރޭގައި 21 މިލިއަނަށްވުރެ ގިނަ ފަތުވެރިން ޒިޔާރަތްކުރޭ - ގަލްފް ޓައިމްސް

ތެލުގެ މުއްސަދިކަން ލިބިފައިވާ ޔުނައިޑެޓް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ޒިޔާރާތްކުރާ ފަތުވެރިންނަށް ފަސް އަހަރު ދުވަހަށް ޓޫރިސްޓް ވިސާ ދޭގޮތަށް ހަމަޖައްސައި، އެކަން އިއުލާންކޮށްފިއެވެ.

އަލަށް ތައާރަފްކުރެވުނު ވިސާ އިއުލާން ކޮށްފައިމިވަނީ އާ އަަހަރުގެ ވަޒީރުންގެ ފުރަތަމަ ބައްދަލުވުމުށްފަހުއެވެ. ރަސްމީކޮށް ޓްވީޓާ މެދުވެރިކޮށް އެކަން އިއުލާން ކުރެއްވީ ޔޫއޭއިގެ ނައިބް ރައީސް އަދި ބޮޑު ވަޒީރު ޝޭހް މުހައްމަދު ބިން ރަޝީދު އަލް މަޙްތޫމް އެވެ.

އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ވިސާ ދޫކުރުމަށް ޔޫއޭއިން ގެންގުޅޭ އުސޫލަށް ބަދަލުތަކެއް ގެންނަން ފާސްކޮށްފައިވާ ކަމަށެވެ. މިއާއިއެކު ކޮންމެ ގައުމެއްގެ މީހަކަށްވެސް ފަސް އަހަރުތެރޭގައި ވިސާ ނުޖަހާ ދަތުރުކުރެވޭނެއެވެ. ޔޫއޭއީން ދޫކުރާ ވިސާއާއިއެކު އެ ގައުމަށް އެކި ފަހަރުމަތިން ދަތުރުކުރެވޭނެއެވެ.

މިހާރު ޔޫއޭއިން ދޫކުރާ ޓޫރިސްޓު ވިސާގެ ގޮތުގައި 90 ދުވަސް ލިބޭއެވެ.

އަހަރެއްގެ ތެރޭގައި 21 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާކަން ފާހަގަކުރައްވަމުން ޝޭހް މުހައްމަދު ބިން ރަޝީދު އަލް މަޙްތޫމް ވިދާޅުވީ، މަގްސަދަކީ ޔޫއޭއީއަކީ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުން ކަމަށެވެ.

އަލަށް ތައާރަފް ކުރެވުނު ވިސާއަށް ފީގެ ގޮތުގައި ނަގާ އަދަދެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ޔޫއޭއީގެ ވިސާއަށް ބަދަލުތަކެއް ގެނެސްފައިވާއިރު، އެ ގައުމުގެ ދުބާއީ އަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލް މަންޒިލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.