ބުދަ 30 ސެޕްޓެންބަރ 2020
10 އަތަ
1442 ސަފަރު 12
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:08
އިރުއޮއްސޭ 18:01
އިޝާ 19:12
އިރާނު

އެމެރިކާއަށް ކަޅު ދުވަހެއް އަންނާނެ ކަމުގެ އިންޒާރު ސުލައިމާނީގެ ދަރިކަނބަލުން ދެއްވައިފި

  • ޒައިނަބް ވަނީ ބައްޕަ ޝަހީދު ކޮށްލެވުމުން ހުރިހާ ކަމެއް ނިމުނީކަމަށް ހީނުކުރުމަށް އެމެރިކާއަށް ގޮވާލާފައި
  • އެމެރިކާއިން ދިން ހަމަލާތަކެއްގައި ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އިރާނުން ވަނީ އެކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފައި
  • ރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ ސުލައިމާނީގެ ލޭގެ ބަދަލު ހިފާނީ މުޅި ސަރަހައްދުން އެމެރިކާގެ ވަސް ފޮހެލައިގެންކަމަށް

ކ. މާލެ | 6 ޖެނުއަރީ 2020 | ހޯމަ 12:54 | 40,546

ސުލައިމާނީގެ ޖަނާޒާއަށް ތެހެރާނަށް އެއްވެފައިވާ މީހުން - ބީބީސީ

އެމެރިކާއަށް ކަޅު ދުވަހެއް އަންނާނެ ކަމުގެ އިންޒާރު އެމެރިކާއިން އަވަހާރަކޮށްލާފައިވާ އިރާނުގެ ސަލާމަތީ ބާރުތަކުގެ އެންމެ މަތީވެރިޔާ ޤާސިމް ސުލައިމާނީގެ ދަރިކަނބަލުން ޒައިނަބް ސުލައިމާނީ ދެއްވައިފި އެވެ.

އިރާނުގެ ވެރިރަށް ތެހެރާނަށް އެއްވެފައި ތިބި މީހުންނާ މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ޒައިނަބް ވަނީ ބައްޕަ ޝަހީދުކޮށްލެވުމުން ހުރިހާ ކަމެއް ނިމުނީ ކަމަށް ހީނުކުރުމަށްބުނެ އެމެރިކާއަށް އިންޒާރެއް ދެއްވާފައެވެ.

އެމެރިކާއިން ދިން ޙަމަލާތަކެއްގައި ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އިރާނުން ވަނީ އެކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އިރާނުގެ އެތައް ހާސް ރައްޔިތުންނެއް އަންނަނީ މަގުތަކަށް ނިކުމެ ހިތާމަ ފާޅުކުރަމުންނެވެ.

ސުލައިމާނީގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު އޭނާ އުފަންވެވަޑައިގެންނެވި ކަރްމަންގައެވެ.

ސުލައިމާނީގެ ޢާއިލާގެ މެމްބަރުންނާ ބައްދަލުކުރައްވާ އިރާނުގެ ރައީސް ޙަސަން ރޫޙާނީ ވިދާޅުވެފައިވަނީ ސުލައިމާނީގެ ލޭގެ ބަދަލު ހިފާނީ މުޅި ޞަރަޙައްދުން އެމެރިކާގެ ވަސް ފޮހެލައިގެންކަމަށެވެ. އަދި އެމެރިކާއިން ސުލައިމާނީ އަވަހާރަކޮށްލުމުން އެކުރެވުނީ ކިހާވަރެއްގެ ކަމެއްކަން އެމީހުންނަށް އިޙުސާސް ނުކުރެވޭކަމަށް ރޫހާނީ ވަނީ ވިދާޅުވެފަ އެވެ.

އިރާނުން އެމެރިކާއަށް ޙަމަލާދޭނެކަމުގެ ބިރާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، އިރާނުން އެމެރިކާއަށް އެއްވެސް ވަރެއްގެ ގެއްލުމެއް ދީފިނަމަ، އިރާނުގެ 52 ޞަރަޙައްދަކަށް އަމާޒުކޮށް އެމެރިކާއިން ހަމަލާދޭނެ ކަަމަށެވެ. އެސަރަހައްދުތައް މިހާރު ކަނޑައަޅާފައި ވާކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އަދި އެމެރިކާގެ އިން މިފަހަރު ދޭނީ އީރާނުން ހީވެސް ނުކުރާކަހަލ ނުރައްކާތެރި ކުއްލި ޙަމަލާއެއްކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.