ހޯމަ 17 ފެބުރުއަރީ 2020
ހިޔަވިހާ 4
1441 ޖުމާދުލް އާހިރަތު 23
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35
ދުނިޔެ - ސުލައިމާނީގެ މަރު

ރަތް ދިދަ ނެގުން: އިރާނުން ބަދަލު ހިފަން އުޅޭ ކަމުގެ ނިޝާނެއް؟

  • މި މި ފަހުން ރަތް ދިިދަ ނެގި ފުރަތަމަ ފަހަރު
  • އެމެރިކާ އާއި އިރާނާ ދެގައުމުގެ މަސްރަހު މިއިން ދުވަހަކު ގޯސް ނުވާ ވަރަށް މި ފަހަރު ވަނީ ގޯސްވެފައި
  • ހަމަލާގެ ބަދަލު ހިފާނެ ކަމަށް އިރާނުން ވަނީ ބުނެފައި

އަލީ ސަމާޚް
AliSamah8

ކ. މާލެ 5 ޖެނުއަރީ 2020 | އާދީއްތަ 08:42 14,828

އިރާނުގެ މިސްކިތުގައި ނަގާފައިވާ ރަތް ދިދަ - ޓްވިޓަރ

ތާރީޚުގަ ފުރަތަމަ ފަހަރަށް އިރާނުގެ ޖަމްކަރަން މިސްކިތުގެ ''ރަތް ދިިދަ'' މައްޗަށް ނަގާ އެ ޤައުމުން ހަނގުރާމަ އަށް ތައްޔާރުވީ ކަމުގެ ނިޝާނެއް އެމެރިކާ އަށް ދީފިއެވެ.

އިރާނުގެ ބައެއް މަސްދަރުތަކާއި ސޯޝަލް މީޑިއާގެ ބައެއް ޕޯސްޓްތަކުގައިވާގޮތުން، ރަތް ދިދައިގެ މާނައަކީ، ނުޙައްޤުން ލޭ އޮހޮރުވާލީ ކަމާއި، އެކަމުގެ ބަދަލު ހިފަން ތައްޔާރަށް އޮތްކަން ހާމަކޮށްދޭ ކަމެކެވެ.

އިރާނުގެ މަޞްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުން އިރާނުގެ އެންމެ ބޮޑު މިސްކިތުގައި ރަތްދިދަ ނެގުމުން އެއިން އަންގައިދެނީ އިރާނުގެ މަޞްރަޙުގެ ޙާލަތު ނާޒުކު ފައްތަރެއްގައި އޮތް ކަމެވެ.

އެމެރިކާއިން ދިން ޙަމަލާއެއްގައި އީރާނުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި އެކު ދެ ޤައުމު ދޭތެރެގައި އޮންނަ ގުޅުން މިއިން ދުވަހަަކު ގޯސްނުވާ ވަރަށް ވަނީ ގޯސްވެފައެވެ.

ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އިރާނުގެ ސްޕްރީމް ލީޑަރ އާޔަތުﷲ ޢަލީ ޚާމަނާއީ ވަނީ ޤައުމީ ހިތާމައިގެ ތިންދުވަސް ފާހަގަކުރެއްވުމަށް ނިންމަވާފަ އެވެ. އަދި ޚަމަނާއީ ވަނީ ސުލައިމާނީ އަކީ ޝަހީދެއްކަމަށް ވިދާޅުވެ ސުލައިމާނީގެ މަރުގެ ބަދަލު ހިތްޕަވާނެކަމަށް ވަޢުދުވެވަޑައިގެންފަ އެވެ.

އޭގެ އިތުރުން، މި ޙަމަލާތަކާއި ގުޅިގެން ބައިނަލްއަޤުވާމީ ފެންވަރުގަ އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައްވެސް އަޅުއްވާނެ ކަމަށް އީރާނުގެ ފޮރިިން މިނިސްޓަރ މުހައްމަދު ޖަވާދު ޒާރިފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ. ޒާރިފް މިޙަމަލާ ސިފަ ކުރައްވާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއްގެ ގޮތުގައެވެ.

ސުލައިމާނީ އަކީ އިރާނުގައި ދެވަނަ އަށް އެންމެ ބާރު ގަދަ ޝަޚުޞިއްޔަތެވެ. ސުލައިމާނީ އަކީ އިރާނާއި ބައިނަލްއަޤުވާމީ ދުނިޔޭގަވެސް ގިނަ ބައެއްގެ މަޤުބޫލުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ. މެދުއިރުމަތީގައި އިރާނުގެ ބާރުގަދަ ކުރުމަށް ސުލައިމާނީ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް