ކ. މާލެ
|
4 ޖެނުއަރީ 2020 | ހޮނިހިރު 13:07
އެމެރިކާގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އިރާގުގެ ކޮމާންޑަރަކަށް ކަމަށް ރިޕޯޓްތައް ބުނޭ
އެމެރިކާގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އިރާގުގެ ކޮމާންޑަރަކަށް ކަމަށް ރިޕޯޓްތައް ބުނޭ
އަލްޖަޒީރާ
އެމެރިކާ
އިރާގުގައި ހަރަކާތްތެރިވާ އަލް ޝާބީ ޖަމާއަތުގެ ކޮމާންޑަރަކަށް އަމާޒުކޮށް އެެމެރިކާއިން ހަމަލާދީފި
 
ރޮއިޓަރސް އިން ބުނެފައިވަނީ މިހަމަލާތަކުގައި ތިން މީހަކަށް ސީރިއަސް އަނިޔާތައް ލިބިފައިވާ ކަމަށް
 
އަލްޖަޒީރާއިން ބުނެފައިވަނީ ހަ މީހުން މިހަމަލާތަކުގައި މަރުވެފައިވާއިރު އޭގެ ތެރޭގައި ސިއްހީ ފަރުވާދޭ އެހީތެރިއަކުވެސް މަރުވެފައިވާ ކަމަށް

ހުކުރު ދުވަހު އެމެރިކާއިން އިރާގަށް ވައިގެމަގުން ދިން ހަމަލާތަކެއްގައި އިރާނުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލާފައިވާއިރު ހޮނިހިރު ދުވަހުވެސް އެމެރިކާއިން އިރާގުގައި ހަރަކާތްތެރިވާ ޖަމާއަތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފިއެވެ.

މިފަހަރުވެސް އެމެރިކާގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އިރާނުން ވާގިވެރިވެ އިރާގުގައި ހަރަކާތްތެރިވަމުން އަންނަ ޖަމާއަތެއްކަމަށްވާ ހަޝްދް އަލް ޝާބީ ޖަމާޢަތަށެވެ. އެޖަމާޢަތުގެ ކޮމާންޑަރަކަށް އަމާޒުކޮށް ވައިގެ މަގުން ދިން މިހަމަލާތަކުގައި މަދުވެގެން ހަ މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިރާނުގެ ސްޓޭޓް ޓީވީން ބުނެފައިވަނީ މިހަމަލާތައް ދީފައިވަނީ ބަޣްދާދުގެ އުތުރުން އޮންނަ ތާޖު ރޯޑުގައި ކަމަށެވެ. ނަމަވެސް އެމެރިކާގެ ހަމަލާތައް އަމާޒުކުރީ ކާކަށްކަމެއް ހާމައެއް ނުކުރެއެވެ. ހަޝްދް އަލް ޝާބީންވަނީ އެޖަމާއަތުގެ އިސް ކޮމާންޑަރަކު އެމަގުން ދަތުރުނުކުރާ ކަމަށް ބުނެފައެވެ.

އަލްޖަޒީރާއިން ބުނެފައިވަނީ ހަ މީހުން މިހަމަލާތަކުގައި މަރުވެފައިވާއިރު އޭގެ ތެރޭގައި ސިއްހީ ފަރުވާދޭ އެހީތެރިއަކުވެސް މަރުވެފައިވާ ކަމަށެވެ. ރޮއިޓަރސް އިން ބުނެފައިވަނީ މިހަމަލާތަކުގައި ތިން މީހަކަށް ސީރިއަސް އަނިޔާތައް ލިބިފައިވާ ކަމަށެވެ.

ތާޖު ރޯޑުގެ ހަމަލާތައް އަމާޒުކުރި ސަރަހައްދަކީ އިނގިރޭސި ވިލާތާއި އިޓަލީގެ ފައުޖުތައް ގާއިމު ވެގެންތިބޭ ސަރަހައްދެއް ކަމަށްވެ އެވެ.

އެމެރިކާއިން ހުކުރު ދުވަހު ދިން ހަމަލާތަކުގައި އިރާނުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ އަވަހާރަކޮށްލުމާއި ގުޅިގެން އެ ސަރަހައްދުގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަސްވެފައެވެ. އަދި އެއާއެކު އެމެރިކާއިން ވަނީ އިތުރު ސިފައިން އެސަރަހައްދަށް ފޮނުވުމަށް ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
75%
0%
25%
ކޮމެންޓް