ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 19:21
ވިއްސާރައިގަ ގެއްލުން ލިބުނު ފަޤީރު ޞަރަޙަދެއް
ވިއްސާރައިގަ ގެއްލުން ލިބުނު ފަޤީރު ޞަރަޙަދެއް
ސައުދީ ގެޒެޓް
އިންޑޮނޭޝިޔާ ވިއްސާރަ
އިންޑޮނޭޝިޔާ ވިއްސާރައިގައި 23 މީހުން މަރުވެއްޖެ
 
ގިނަ މީހުން ވަނި ވީނުވިއެއް ނޭގި ގެއްލިފަ، ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން
 
ބިންގަޑު ކަނޑައިގެން ދިއުމުގެ ގިނަ ޙާދިސާތައް ކުރިމަތިވި
 
ވިއްސާރައިގަ 23 މީހުން މަރުވި

އިންޑޮނޭޝިޔާއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ކުރިމަތިވި ތަފާތި އެކި ޙާދިސާތަކުގައި 23 މީހުން މަރުވެއްޖެއެވެ.

އިންޑޮނޭޝިޔާގެ ކާރިސާތަކާއި ބެހޭ މައި އިދާރާއާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އިންޑޮނޭޝިޔާއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ވެރިރަށް ޖަކާޓާ އަށާއި ޖަކާޓާ ވަށައިގެންވާ އަވަށްތަކަވެ. 30 މިލިއަންގެ އާބާދީއަކަށް ވިއްސާރައިގެ އަސަރު ސީދާގޮތުންނާއި ނުސީދާގޮތުން ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެދު ނުކެނޑީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކިސަޑުފޭބުމާއި، ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ތަފާތު އެކި ޙާދިސާތައް ދަނީ ކުރިމަތިވަމުންނެވެ. މީގެ އިތުރުން ގަދަ ވައިގެ ސަބަބުން އިމާރާތްތަކާއި ގެތަކާއި، ރުއްގަސް ވެއްޓި ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާކަމަށް އިންޑޮނޭޝިޔާގެ ކާރިސާތަކާއި ބެހޭ މައި އިދާރާއާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ. މިހާތަނަށް ކުރިމަތިވި ތަފާތު އެކި ޙާދިސާތަކުގައި 23 މީހުން މަރުވެ، ވީނުވިއެއް ނޭނގި ގިނަ ބަޔަކު ވަނީ ގެއްލިފައެވެ. ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުއްލި ޙާލަތްތަކުގައި މަސައްކަތް ކުރާ ޓާސްކްފޯރސްއާއި ، ސިފައިންނާއި ފުލުހުން ގުޅިގެން ކުރިޔަށްގެންދާ ކަމަށް ޚަބަރު ލިބެއެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ވިއްސާރަވާނެކަމަށް ލަފާ ކުރެވޭތީ އިންޑޮނޭޝިޔާގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ޢާންމުން މިކަމަށް ސަމާލުވުމަށް ގޮވާލާފައެެވެ. ވަކިން ޚާއްޞަކޮށް ބިންތިރި ޞަރަޙައްދުތަކުގެ ރަށްވެހިން ރައްކާތެރި ބިން އުސް ޞަރަޙައްދުތަކަށް ބަދަލުވުމަށް ވަނީ އިރުޝާދު ދީފައެވެ. މިކަމާއި ގުޅިގެން އެހީދޭ ޖަމްޢިޔާތަކާއި މެޓްރޯ ޕޮލިސްއާއި، އިންޑޮނޭޝިޔާގެ އަސްކަރިއްޔާގެ އެކި ވިންގުތަކުން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އައިއިރު 31 ހާސް މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ވިއްސާރައިގެ ފެންބޮޑުވުމުގެ ސަބަބުން އެއްގަމުގެ ދަތުރުތަކަށްވެސް ވަނީ ބުރޫއަރާފައެވެ. މީގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމަށް އެއްތަނުން އަނެއްތަނަށް ދިއުމަށް ޢާންމުންނަށް ވަނީ ހުރަސް އެޅިފައެވެ. ސަބަބަކީ އާންމު ބޭނުންތަކަށް ބޭނުންކުރާ އާލާތްތަކާއި ކާބޯތަކެތި ގަންނަން ބާޒާރާށްދާން އާންމު ގޮތެއްގައި އިންޑޮނޭޝިޔާ ރައްޔިތުން ބޭނުން ކުރަނީ ޕަބްލިކް ޓްރާންސްޕޯޓު ކަމަށް ވާތީއެވެ. ވިއްސާރަވެ، ނަގުގެ ފެންބޮޑުވުމުގެ ސަބަބުން ޢާންމު ބަސްދަތުރުތަކާއި ޓެކްސީ ދަތުރުތައް ވަނީ ހުއްޓުމަކަމަށް އައިސްފައެވެ.

ވައިގެ ދަތުރުފަތުރުތަކަށް ވެސް ވިއްސާރައިގެ ސަބަބުން ބުރޫ އަރާފައިވާކަމަށް ޚަބަރު ލިބެއެވެ. އެގޮތުން ބުރާސްފަތި ދުވަހުން ފެށިގެން ބައެއް ތާވލު ފްލައިޓުތައް ޑިލޭއި ނުވަތަ ކެންސަލްކޮށްފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އަދި ބައެއް ރޫޓުތައް ބަދަލުކޮށް އެހެން ވައިގެ ބަނދަރުތަކަށް ތާވަލު ފްލައިޓުތައް ޖައްސާފައިވާކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ވިއްސާރައާއި ގުޅިގެން އާއަހަރުގެ ބައެއް ޙަރަކާތަތައްވެސް ވަނީ މަޑުޖައްސާލާފައެވެ. އިންޑޮނޭޝިޔާއަކީ އާއަހަރާއި ދިމާކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް