ކ. މާލެ
|
30 ޑިސެންބަރ 2019 | ހޯމަ 18:52
އެޖެންޓުންނަށް ހުކުމް ކުރުމަށް ޝަރީޢަތް ކުރިޔަށްދިޔަ ކޯޓު ކައިރީގައި މުޒާހަރާކުރަނީ
އެޖެންޓުންނަށް ހުކުމް ކުރުމަށް ޝަރީޢަތް ކުރިޔަށްދިޔަ ކޯޓު ކައިރީގައި މުޒާހަރާކުރަނީ
ސައުދީ ގެޒެޓް
ސޫދާން
ސޫދާންގައި ކުރި މުޒާހަރާތަކުގައި މީހަކަށް އަނިޔާކޮށް މެރިކަމުގެ ކުށް ސާބިތުވެ 27 އެޖެންޓުން މެރުމަށް ހުކުމްކޮށްފި
 
ކޯޓުން ހުކުމްކޮށްފައިވަނީ ހުރިހާ އެޖެންޓުންވެސް ދަންޖައްސާ މެރުމަށް
 
27 މީހުން މެރުމަށް ހުކުމްކޮށްފައިވަނީ މުޒާހަރާތަކުގައި ބައިވެރިވި އަހުމަދު އަލް ޚެއިރު އަވާދަށް އިންޓެލިޖެންސްގެ އިމާރާތުގެ ތެރޭގައި އަނިޔާކޮށް އޭނާ މަރާލިކަން ސާބިތުވުމާއި ގުޅިގެން

މިއަހަރު ކުރީކޮޅު ސޫދާނުގައި ކުރިޔަށްދިޔަ މުޒާހަރާތަކުގައި ބައިވެރިވި މީހަކަށް އަނިޔާކޮށް މަރާލިކަމުގެ ކުށް ސާބިތުވެ އެޤައުމުގެ ޖާސޫސީ އިދާރާގެ 27 އޮފިސަރުން މެރުމަށް ސޫދާންގެ ކޯޓުން ހުކުމްކޮށްފި އެވެ.

ހޯމަ ދުވަހު އެޤައުމުގެ ކޯޓުން މި 27 މީހުން މަރަން ޙުކުމްކޮށްފައިވަނީ މުޒާހަރާތަކުގައި ބައިވެރިވި އަޙްމަދު އަލް ޚައިރު އަވާދަށް އިންޓެލިޖެންސްގެ އިމާރާތުގެ ތެރޭގައި އަނިޔާކޮށް އޭނާ މަރާލިކަން ސާބިތުވުމާއި ގުޅިގެންނެވެ. ކޯޓުން ޙުކުމްކޮށްފައިވަނީ ހުރިހާ އެޖެންޓުންވެސް ދަންޖައްސާ މެރުމަށެވެ.

ސޫދާންގެ ޓީޗަރެއްކަމަށްވާ އަޙްމަދު އަލް ޚައިރު ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ސޫދާންގައި 2018 ވަނަ އަހަރުގެ ޑިސެންބަރ މަހު މުޒާހަރާތައް ކުރިޔަށް ގެންދިޔައީ ޕާން އަގުބޮޑުވުމާއި ގުޅިގެން އެކަމާދެކޮޅަށެވެ. ނަމަވެސް ފަހުން މުޒާހަރާތައް ބަދަލުވެގެންދިޔައީ އެޤައުމުގަ އޭރު ވެރިކަން ކުރި އުމަރް އަލް ބަޝީރު ވެރިކަމުން ދުރުކުރުމަށް ގޮވާލައެވެ. އޭޕްރީލްމަހު އުމަރު ގެ ވެރިކަން ނިމުމަކަށް ގެނައުމަށްފަހުވެސް އެޤައުމުގަ މުޒާހަރާތައް ކުރިޔަށް ގެންގޮސްފައިވެއެވެ.

މަސްތަކަކަށް ދިގުދެމިގެންދިޔަ މުޒާހަރާތަކުގައި 177 މީހުން މަރާލާފައިވާކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ރިޕޯޓްކޮށްފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް