ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 09:24
ސައުދީ އަރަބިޔާ
ސައުދީ އަރަބިޔާ
-
އާ އަހަރު ފާހަގަކުރުނ
ސައުދީގައި އާ އަހަރު ފާހަގަކުރަން ބާއްވަން އުޅުނު ޝޯ ހުއްޓުވައިފި
 
އިންތިޒާމް ކުރި ފަރާތާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަނީ
 
އިވެންޓް ބާއްވަން ލައިސެންސް ނުދެން: ޖެނެރަލް އެންޓަޓައިންމެންޓްގެ އޮތޯރިޓީ
 
ޝޯ ބާއްވަން ނިންމާފައިވަނީ ވެރިރަށް ރިޔާދުގައި

ސައުދީއަރަބިޔާގައި އާ އަހަރު ފާހަގަކުރުމަށް ބާއްވަން އުޅުނު އިވެންޓް ހުއްޓުވައިފިއެވެ.

މީގެ ދުވަސްތަކެއް ކުރިން ސައުދީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން ކުލަގަދަ ގޮތެއްގައި ވެރިރަށް ރިޔާދުގެ އުތުރުގައި އޮންނަ މެލްހަމް ސިޓީގައި އާ އަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވެއެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން އާ އަހަރު ފާހަގަކުރަން ބާއްވާ ޝޯގައި ޑީޖޭގެ އިތުރުން ހަވާ އަރުވާނެއެވެ.

ސައުދީގައި މުނިފޫހިފިލުވުމުގެ އިވެންޓްތައް ބަލަހައްޓާ ޖެނެރަލް އެންޓަޓައިންމެންޓްގެ އޮތޯރިޓީން ބުނީ، މެލްހަމްގައި އާ އަހަރު ފާހަގަކުރުމަށް ލައިސެންސް ދޫކޮށްފައިނުވާ ކަމަށެވެ.

ރިޔާދުގެ ގަވަރުނަރުގެ އޮފީހުން އާ އަހަރު ފާހަގަކުރަން ބޭއްވި ޕާޓީ ހުއްޓުވާފައިވާއިރު، އެކަން އިންތިޒާމްކުރި މީހާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް ވަނީ އެދިފައެވެ.

ފާއިތުވި އަހަރުތަކުގައި ސައުދީން ވަނީ އެ ގައުމުގެ ސިޔާސާތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދައާއި ގިނަ ދުވަސްތަކެއް ބަންދުކޮށްފައިވާ ސިނަމާތަައްވެސް އާއްމުންނަށް ވަނީ ހުޅުވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
3%
89%
0%
6%
0%
3%
ކޮމެންޓް