އާދީއްތަ 19 ޖެނުއަރީ 2020
1 ހުވަން
1441 ޖުމާދަލްއޫލާ 24
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32
ލުއި ޚަބަރު - އިމްތިހާނު ހެދުން

ދަރިވަރުން އިމްތިހާނުގައި އަބަދު މަކަރު ހަދާތީ ޓީޗަރަކު އެކަން ބޭޒާރުކޮށްލީ ވަރަށް މޮޅަށް!

  • އިމްތިހާނު ހެދި 99 ކުދިންގެ ތެރެއިން 14 ކުދިން ފެއިލްވި
  • "ޗެގް" ނަމަކަށް ކިޔާ ވެބްސައިޓެއް ބޭނުންކޮށްގެން ކުދިން މަކަރުހަދާ
  • ޓީޗަރު ކަންތައް ކުރިގޮތުގެ ވާހަކަ މީސްމީޑިއާގައި ވަނީ ވައިރަލްވެފައި

ލައިޝާ އަހްމަދު
LailaAhmeds

ކ. މާލެ 16 ޑިސެންބަރު 2019 | ހޯމަ 09:11 65,971

މި ހާދިސާގައި އިމްތިހާނު ހެދި 99 ކުދިންގެ ތެރެއިން 14 ކުދިން ވަނީ ފެއިލްވެފައި - ގޫގުލް

ދަރިވަރުން އިމްތިހާނުތަކުގައި އަބަދުވެސް މަކަރުހަދާތީ ޓީޗަރަކު އެކަން ބޭޒާރުކުރުމަށް މޮޅު އުކުޅެއް ބޭނުންކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ސުކޫލެއްގައި ހިނގި މި ހާދިސާގައި އިމްތިހާނު ހެދި 99 ކުދިންގެ ތެރެއިން 14 ކުދިން ވަނީ ޓީޗަރުގެ މި "ދަންތުރަ" ގައި ޖެހިފައެވެ. އެގޮތުން "ޗެގް" ނަމަކަށް ކިޔާ ވެބްސައިޓެއް ބޭނުންކޮށްގެން ދަރިވަރުން އިމްތިހާނުގައި ދީފައި ހުންނަ ސުވާލުތަކުގެ ޖަވާބު ހޯދާއިރު، އެކަމަށްޓަކައި އެކުދިން އިމްތިހާނު ތެރެއިން ބްރޭކެއް ނެގުމަށްފަހު ދަނީ ސުކޫލު ފާޚާނާއަށެވެ.

އިމްތިހާނުގެ ތެރެއިން މިގޮތަށް އަބަދު ދަރިވަރުން ފާޚާނާއަށް ދާން ޖެހޭތީ ޓީޗަރަށް އެކަން ބޮޑުވެގެން ބެލި ބެލުމުން، ކުދިން އެހާ ގިނައިން ފާޚާނާއަށް ދަނީ އިމްތިހާނުގައި މަކަރުހަދަންކަން ހާމަވިއެވެ. އެހިސާބުން ޓީޗަރު ނިންމީ އެކުދިން ބޭނުންކުރާ ވެބްސައިޓް ބޭނުންކޮށްގެން އެކުދިން ފަޅާއަރުވާލާށެވެ.

އެކަމަށްޓަކައި އިމްތިހާނުގައި އަމިއްލައަށް އުފެއްދި ސުވާލެއް ޓީޗަރު ހިމެނިއެވެ. އަދި އެ ސުވާލަކީ ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ރަނގަޅު ޖަވާބު ނުގެނެވޭނެފަދަ ސުވާލެކެވެ. އެ ސުވާލު ހިމެނުމަށްފަހު ޗެގް ވެބްސައިޓަށް އެ ސުވާލު ލުމަށްފަހު ޓީޗަރުގެ އަމިއްލަ ޖަވާބެއްވެސް އޭގައި ހިމެނިއެވެ. އެގޮތުން ވުޖޫދުގައިވެސް ނުވާ ޖަވާބެއް ހުރިހާ ދަރިވަރުން އެއް ގޮތަކަށް ގެންނާނެ އެއްވެސް ގޮތެއް ނޯންނާނެކަން ޓީޗަރަށްވެސް އެނގެއެވެ.

އެހިސާބުން ކަންތައްވީ ޓީޗަރު ހީކޮށްގެން ހުރި ގޮތަށެވެ. އިމްތިހާނު ހެދި 99 ކުދިންގެ ތެރެއިން 14 ކުދިން ޓީޗަރުގެ މި "މަޅީގައި" ޖެހި އޭގެ ނަތިޖާއާއި ކުރިމަތިލާން ޖެހުނެވެ. އެންމެ ފަހުން މުޅި ސުކޫލަށް އެކުދިން ބޭޒާރުވެ ޓީޗަރުންގެ ތެރޭގައިވެސް "މަކަރުހަދާ ކުދިން" ގެ ގޮތުގައި ލޭބަލްވެގެން ދިޔައީއެވެ. ނުވިތާކަށް ސުކޫލުގެ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެގެން އެ 14 ކުދިންނަށްވެސް އިމްތިހާނުގައި ދިނީ ސުމެކެވެ.

މި ޓީޗަރު ކަންތައް ކުރިގޮތުގެ ވާހަކަ މީސްމީޑިއާގައި "ވައިރަލް" ވެފައިވާއިރު، އެކަމާ ގުޅޭގޮތުން ގިނަ މީހުން ބުނަމުންދަނީ މަކަރު ހަދައިފިނަމަ އޭގެ ނަތީޖާއާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް