ކ. މާލެ
|
8 މެއި 2024 | ބުދަ 13:17
މަސްތުވާތަކެތީގެ މައްސަލައެއްގައި ސުވާލުކުރުމަށް ފުލުހުން ހޯދަމުންދާ ހަތަރު މީހުން
މަސްތުވާތަކެތީގެ މައްސަލައެއްގައި ސުވާލުކުރުމަށް ފުލުހުން ހޯދަމުންދާ ހަތަރު މީހުން
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތީގެ މައްސަލައެއްގައި ހޯދަން ބޭނުންވާ ހަތަރު މީހެއްގެ ވަނަވަރު އާންމުކޮށްފި
ފުލުހުން ހޯދަން އިއުލާންކޮށްފައިވަނީ އެއް އަންހެނަކާއި ތިން ފިރިހެނުން
އެމީހުން މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 2:00ށް ހާޒިރުވާންޖެހޭ
ވަނަވަރު އާއްމުކޮށްފައިވަނީ އެމީހުންނާއި ޗިޓު ހަވާލުނުކުރެވިގެން ސުވާލު ކުރުމަށް

ފުލުހުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގައި ހޯދަން ބޭނުންވާ ހަތަރު މީހެއްގެ ވަނަވަރު އާންމުކޮށްފިއެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތަހުގީގަށް ހަތަރު މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އަދި ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ފުލުހުން ހޯދަން އިއުލާންކޮށްފައިވަނީ އެއް އަންހެނަކާއި ތިން ފިރިހެނުންނެވެ. އެއީ 33 އަހަރުގެ އާމިނަތު ޝީޒާ އަލީ، ހުޅުމާލެ، ފެއަރވިލެޖް- ގޯތިނަންބަރު 11168، 42 އަހަރުގެ ޙަސަން ނަބީލް، ގއ. ކަނޑުހުޅުދޫ/ފެހިއައްސޭރި، 46 އަހަރުގެ ޢީސާ އިބްރާހީމްފުޅު، ތ. ތިމަރަފުށި/ބަނަފުސާގެ އަދި 31 އަހަރުގެ ޔޫސުފް މުޙައްމަދު ޒައީމް، ކ. މާލެ/ހ.ދިޔަދޫ އެވެ.

ފުލުހުން ބުނީ މި މީހުން ހާޒިރު ކުރަނީ މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް ކަމަށެވެ. އެހެންކަމުން އެމީހުން މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 2:00ށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ އިދާރާއަކަށް ހާޒިރު ވުމަށް ވަނީ އަންގާފައެވެ.

ދޭތެރެދޭތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަހުގީގު ކުރިއަށް ގެންދިއުމަށް މީހުންގެ ވަނަވަރު އާއްމުކުރެއެވެ.

- ކޮމެންޓް