ކ. މާލެ
|
15 ޑިސެންބަރ 2019 | އާދީއްތަ 16:56
ފިލިޕީންސް އަށް ބިންހެލުން އައި ސަރަހައްދު
ފިލިޕީންސް އަށް ބިންހެލުން އައި ސަރަހައްދު
ސީ.އެން.އެން
ފިލިޕީންސް
ފިލިޕީންސް އަށް އެރި ބާރު ގަދަ ބިންހެލުމެއްގައި އެކަކު މަރުވެއްޖެ
 
މިންޑަނައޯ އަށް ވަނީ މިދިޔަ އޮކްޓޯބަރ މަހުވެސް ވަނީ ބާރުގަދަ ބިންހެލުންތަކެއް އައިސްފައި
 
މިބިންހެލުމާއި ގުޅިގެން އެ ރަށުގެ އިމާރާތްތަކުންނާއި ހޮޓެލްތައް އަދި ފިހާރަތަކުން މީހުން އަންނަނީ ހުސްކުރަމުން

ފިލިޕީންސްގެ ދެކުނުގެ ހިސާބަށް އައި 6.8 މެގްނެޓިޔުޑްގެ ބިންހިލެމުގައި އެކަކު މަރުވެއްޖެ އެވެ.

ފިލިޕީންސްގެ މިންޑަނައޯއަށް އައި މިބިންހެލުމާއި ގުޅިގެން އެ ރަށުގެ އިމާރާތްތަކުންނާއި ހޮޓާތައް އަދި ފިހާރަތަކުން މީހުން އަންނަނީ ހުސްކުރަމުންނެވެ. އެޤައުމުގެ ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން ދާ މިރަށް އޮތް ސަރަހައްދަށް އައި ބިންހެލުމާއި ގުޅިން ހޮޓާތަކުންނާއި އެކިތަންތަނުން މީހުން ހުސްކުރަމުންދާ މަންޒަރުތައް ވީޑިއޯ ކުރުމަށްފަހު ސޯޝަލް މީޑިޔާއަށް އަންނަނީ ޕޯސްޓުކުރަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިބިންހެލުމުގައި އެރަށުގައި ހުރި ސްކޫލަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. ނަމަވެސް އެގަޑީގައި ސްކޫލްގައި ކިޔަވާކުދިން ނެތްކަމަށް ސީއެންއެން އިން ބުނެއެވެ. އެކަމާގުޅިގެން ހޯމަ ދުވަހުގެ ކުލާސްތައް ކެންސަލް ކޮށްފައިވާ ކަމަށް ވެއެވެ.

މީގެއިތުރުން އެޤައުމުގެ ރައީސް ރޮޑްރިގޯ ޑިޔުޓަރޓް ބިންހެލުން އައި ގަޑީގައި އުޅުއްވީ ގޭގައި ކަމަށާއި ނަމަވެސް ރައީސަށް އެއްވެސް ގެއްލުމެއް ނުވެ ސަލާމަތްވެވަޑައިގަންފައިވާ ކަމަށް ސީއެންއެން އިން ބުނެއެވެ.

ބިންހެލުމާ ގުޅިގެން އިތުރު ލޮޅުންތަކެއްވެސް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިބިންހެލުމާއި ގުޅިގެން ސުނާމީ އެއް ނުއުފެދޭކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއިން ބުނެއެވެ.

މިންޑަނައޯ އަށް ވަނީ މިދިޔަ އޮކްޓޯބަރ މަހުވެސް ބާރުގަދަ ބިންހެލުންތަކެއް އައިސްފައެވެ. މިބިން ހެލުންތަކުގައި 14 މީހަކު މަރުވެ 400 ށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް