ބުދަ 12 އޯގަސްޓު 2020
02 މާ
1441 ޒުލްޙައްޖު 22
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:15
އަސްރު 15:30
އިރުއޮއްސޭ 18:21
އިޝާ 19:35
ރާއްޖެ-ޗައިނާ

ޗައިނާއާއެކު ވެފައިވާ ފްރީޓްރޭޑް އެގްރީމެންޓް ކުރިޔަކަށް ނުގެންދާނަން: ރައީސް ނަޝީދު

  • އެގްރީމެންޓް ގައި ސޮއިކޮށްފައިވަނީ 2017 ވަނަ އަހަރު
  • ކުރީ ސަރުކާރު ނިމިގެން ދިޔައިރުވެސް މަޖިލީހުގެ ރުހުމެއް އެގްރީމެންޓަކަށް ނުލިބޭ

ކ. މާލެ | 14 ޑިސެންބަރ 2019 | ހޮނިހިރު 09:00 | 4,995

ނަޝީދު ޗައިނާގެ ސަފީރާއެކު - މަޖިލިސް

ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ވެފައިވާ ފްރީޓްރޭޑް އެގްރީމެންޓް ކުރިޔަށް ނުގެންދާނެ ކަމަށާއި، އެ އެގްރީމެންޓަށް މަޖިލީހުން ރުހުން ނުދޭނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ވެވޭ "ފްރީ ޓްރޭޑް އެގްރީމަންޓް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގެ ނަމުގައި އެގްރީމެންޓެއް ގައި ސޮއިކޮށްފައިވަނީ 2017 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މާވާށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ. އެފްޓީއޭއަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ، އެ އެގްރީމެންޓާއި އެކު ކުރިޔަށް ނުދާނެ ކަމަށާއި، އެ އެގްރީމެންޓު މަޖިލީހުން ފާސްނުކުރާނެ ކަމަށެެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ އެގްރީމެންޓަކީ މަޖިލީހުގެ ރުހުން ލިބިގެން ކުރިޔަށްދާނެ އެގްރީމެންޓަކަށްވާތީވެ، ކުރީ ސަރުކާރު ނިމިގެން ދިޔައިރުވެސް އެ އެގްރީމެންޓަށް މަޖިލީހުގެ ރުހުން ލިބިފައިވާނުވާ ކަމަށެވެ.

ޗައިނާއާ އެކު ވެފައިވާ ފްރީޓްރޭޑް އެގްރީމެންޓަށް މަޖިލީހުން ރުހުން ނުދޭނެ ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު، އެމަނިކުފާނު ގެންދަވަނީ ޗައިނާއަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.