އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ވިޔަފާރި - މީރާގެ ކަލެކްޝަން ސެންޓަރު

އައްޑޫ ސިޓީ ހުޅުމީދޫގަ، މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި

  • މީރާގެ ކަލެކްޝަން ސެންޓަރު ހުޅުވާފައިވަނީ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު
  • މީރާގެ އޮފީސްތައް މާލޭގެ އިތުރުން، 14 އަތޮޅެއްގައި ޤާއިމުކޮށް މިހާރު އަންނަނީ ޚިދުމަތް ދެމުން
  • ނޮވެންބަރު މަހު މީރާ އިން 1.15 ބިލިއަން ރުފިޔާ ބަލައިގެންފައިވޭ

ސިމާހާ ނަސީމް
sim_kamana

ކ. މާލެ 12 ޑިސެންބަރު 2019 | ބުރާސްފަތި 18:37 2,244

އައްޑޫ ސިޓީ ހުޅުމީދޫގައި ހުޅުވި މީރާގެ ކަލެކްޝަން ސެންޓަރު - މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

އައްޑޫ ސިޓީ ހުޅުމީދޫގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ކަލެކްޝަން ސެންޓަރެއް ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ހުޅުވައިފިއެވެ.

ހުޅުމީދޫ ކަލެކްޝަން ސެންޓަރަކީ އެ ސަރަޙައްދުގެ ރައްޔިތުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާ ވެސް ގާތުން ދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރި މުހިއްމު މަސައްކަތެއް ކަމަށް މީރާއިން ބުނެއެވެ.

ހުޅުމީދޫގައި މީރާއިން ހުޅުވި ކަލެކްޝަން ސެންޓަރުގެ އިތުރުން 2012 ވަނަ އަހަރު އައްޑޫ ސިޓީގެ ހިތަދޫގައި ހުޅުވާފައިވާ މީރާގެ އައްޑޫ ބްރާންޗް މެދުވެރިކޮށްވެސް އައްޑޫ ސިޓީއަށް މީރާގެ ޚިދުމަތްތައް ދެމުން ގެންދާނެ ކަމަށާއި، އަތޮޅުތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބޭނެ ކަމަށް މީރާ އިން ބުންޏެވެ.

އޭގެތެރޭގައި ވިޔަފާރިތައް ރަޖިސްޓްރީކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކްސް އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފީއާއި ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަމަށް މީރާއިން ފާހަގަކުރެއެވެ.

މީރާގެ އޮފީސްތައް މާލޭގެ އިތުރުން، 14 އަތޮޅެއްގައި ޤާއިމުކޮށް މިހާރު އަންނަނީ ޚިދުމަތް ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް