ހުކުރު 24 ޖެނުއަރީ 2020
6 ހުވަން
1441 ޖުމާދަލްއޫލާ 29
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
މަޣްރިބް 18:18
އިޝާ 19:33
ކުޅިވަރު - ޗެމްޕިއަންސް ލީގު

ޒުވާން ކުޅުންތެރިންގެ މޮޅު ކުޅުމާއި އެކު ރެއާލް އަށް މޮޅެއް!

  • މި މެޗުން ރެއާލް މޮޅުވީ 3-1 ގެ ނަތީޖާ އަކުން

އަތޫފް އާތިފް
AthifAthoof

ކ. މާލެ 12 ޑިސެންބަރު 2019 | ބުރާސްފަތި 17:53 2,792

ރެއާލް މެޑްރިޑް ކުޅުންތެރިން - ގޯލް.ކޮމް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ޒުވާން ގިނަ ކުޅުންތެރިން ތަކަކަށް ފުރުސަތުދިން މެޗުން ފަސޭހަ ކަމާއެކު އެ ޓީމު މޮޅުވެއްޖެއެވެ.

ކްލަބް ބޫރޫޖްގެ ދަނޑުގައި ކުޅުނު މި މެޗުން އެޓީމު މޮޅުވީ 3-1 ގެ ނަތީޖާ އަކުންނެވެ.

ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ މި މެޗުގައި ރެއާލްގެ ޒުވާން ގިނަ ކުޅުންތެރިންނަށް ފުރަތަމަ އެގާރައިން ފުރުސަތުދީފައެވެ. މެޗުގެ ފުރަތަމަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި ރެއާލް މެޑްރިޑުން ވަނީ ގިނަ ހަމަލާތަކެއް ބުރޫޖްގެ ގޯލަށް ފޮނުވާލައިފައެވެ. މި ހާފުގައި ލަނޑު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ރެއާލް މެޑްރިޑުގެ އިސްކޯ އަށެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒު ވާގޮތެއްނުވެއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 0-0 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ރެއާލުން ވަނީ ފުލުފުލުގައި ބުރޫޖްގެ ގޯލަށް ހަމަލާ އުފައްދައިފައެވެ. އެގޮތުން މެޗުގެ 53 ވަނަ މިނެޓުގައި ރެއާލްގެ ރޮޑްރިގޯ ވަނީ ލަނޑު ޖަހާ ރެއާލްއަށް ލީޑު ނަގައިދީފައެވެ. އޭގެ ދެމިނެޓު ފަހުން ބުރޫޖް އިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހެންސް ވަނެކެންއެވެ. މި ލަނޑާއެކު ރެއާލުން އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ 64 ވަނަ މިނެޓުގައި ރެއާލްގެ ވިނީސަސް ޖޫނިއަރ ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު އެޓީމަށް ނަގައިދީފައެވެ. މި މެޗުގައި ރެއާލުން ޖެހި ފަހު ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 90 ވަނަ މިނެޓުގައި ލޫކާ މޮޑްރިޗެވެ.

މި ނަތީޖާ އާއި އެކު ގްރޫޕުގެ ދެވަނައިގައި ރެއާލުން އޮތީ 11 ޕޮއިންޓާއެކުގައެވެ. ގްރޫޕުގެ އެއްވަނައިގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން އޮތީ 16 ޕޮއިންޓާއެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް