ކ. މާލެ
|
12 ޑިސެންބަރ 2019 | ބުރާސްފަތި 12:38
ޝާހިދު ކަޕޫރާއި ކިއާރާ އަދުވާނީ
ޝާހިދު ކަޕޫރާއި ކިއާރާ އަދުވާނީ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ގޫގުލް އިންޑިއާގައި އެންމެ ގިނައިން ސާރޗްކުރި ފިލްމަކަށް "ކަބީރު ސިންގް"
 
މި ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ 380 ކްރޯޑް ރުޕީސް ލިބިފައި

ގޫގުލް އިންޑިއާގައި މިއަހަރު އެންމެ ގިނައިން ސާރޗް ކުރި ފިލްމަކީ "ކަބީރު ސިންގް" ކަމަށް ގޫގުލް އިންޑިއާއިން ހާމަކޮށްފިއެވެ.

ބޮލީވުޑް ސުޕަރ ހިޓް ފިލްމް "ކަބީރު ސިންގް" މިވަނީ އެވެންޖާރސް އެންޑްގޭމް އަދި ކެޕްޓަން މާވެލް އަދި ޖޯކާރގެ ރެކޯޑް މުގުރާލާފައެވެ.

ޝާހިދު ކަޕޫރާއި, ކިއާރާ އަދުވާނީ ލީޑްރޯލު ކުޅެފައިވާ މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ ބޮޑު އާމްދަނީއެއް ލިބިފައެވެ.

މި ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ 380 ކްރޯޑް ރުޕީސް ލިބިފައެވެ. "ކަބީރް ސިންގް" އަކީ ކާމިޔާބު ތެލުގޫ ފިލްމު "އަރްޖުން ރެއްޑީ"ގެ ރީމޭކް އެކެވެ.

ސަންދީޕް ވަންގާ ޑައިރެކްޓްކޮށްފައިވާ މި ފިލްމްގައި ފެނިގެންދަނީ ވަރަށް ތޫނުފިލި މެޑިކަލް ސުޓޫޑެންޓެއްގެ ދިރިއުޅުން ބަނަވެގެންދާ ގޮތެވެ. އޭނާގެ ލޯބިވެރިޔާ އެހެން މީހަކާއި ކައިވެނި ކުރުމުން އެކަމާއި ރުޅިގަދަވެ މަސްތުގެ ހާލަތުގައި ހުރެ އަމިއްލަ ނަފްސަށް ގެއްލުންދޭ މަންޒަރު މި ފިލްމުން ފެނިގެންދެއެވެ.

ގޫގުލް އިންޑިއާގައި އެންމެ ގިނައިން ސާރޗް ކޮށްފައިވާ ޚަބަރުތަކަށް ބަލާއިރު މި ލިސްޓުގައި އެންމެ ކުރީގައި އުޅެނީ ލޮކްސަބާ އިލެކްޝަން، ޗަންދްރަޔާން 2 އަދި އާޓިކަލް 370 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
100%
0%
ކޮމެންޓް