ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 16:51
ޕަތީ ޕަތްނީ އޯރް ވޯގެ ޕޯސްޓަރ
ޕަތީ ޕަތްނީ އޯރް ވޯގެ ޕޯސްޓަރ
އިންސްޓަގްރާމް
ޕަތީ ޕަތްނީ އޯރްވޯ
ޕަތީ ޕަތްނީ އޯރް ވޯ އަށް ފަސް ދުވަހުން 46 ކްރޯޑް
 
ފިލްމު ޑައިރެކްޓް ކުރީ ހެޕީ ބާގް ޖާއެގީގެ ޑައިރެކްޓަރު
 
މިއީ 1978 ވަރަ އަހަރުގެ ފިލްމުގެ ރިމޭކެއް
 
ފިލްމު ރިލީޒް ކުރީ ހުކުރު ދުވަހު

ވޭތުވެދިޔަ ހަފްތާގެ ހުކުރު ދުވަހު ރިލީޒްކުރި ''ޕަތީ ޕަތްނީ އޯރް ވޯ''އަށް ފަސް ދުވަހުން 46 ކްރޯޑް ރުޕީސް ހޯދައި، 50 ކްރޯޑު ހަމަކުރުމާއި ދިމާލަށް މިސްރާބު ޖަހައިފިއެވެ.

މި ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ނުވަ ކްރޯޑްއެވެ. ހޮނިހިރު ދުވަހު 12 ކްރޯޑް ރުޕީސް ހޯދި އެ ފިލްމަށް އާދިއްތަ ދުވަހު ލިބުނީ 14 ކްރޯޑް އެވެ. ހޯމަ ދުވަހު ލިބުނު އާމްްދަނީއާ އެކު 62 ކްރޯޑްގެ ބަޖެޓަކުން ހަދާފައިވާ ފިލްމަށް މިހާތަނަށް 46 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ.

ފިލްމުގައި ހަރަކާތްތެރިވާ ތަރިންނަކީ، ''އާކާޝްވާނީ'' ފިލްމު އިން އާއްމުންގެ ތެރެއަށް މަޝްހޫރުވެގެން ދިޔަ ކާރްތިކް އާރްޔާން އާއި ބޮލީވުޑްގެ މަޝްހޫރު ކޮމެޑިއަން ޗަންކީ ޕާންޑޭގެ ދަރިފުޅު އިތުރުން އަނަންޔާ ޕާންޑޭގެ އިތުރުން ބޫމީ ޕެޑްނޭކަރްއެވެ.

ޕަތީ ޕަތްނީ އޯރް ވޯ މި ފިލްމުގައި ދައްކުވައިދެނީ އުއްތަރްޕްރަދޭޝްގެ ކާންޕޫރް ގައި ސަރުކާރުގެ ވަޒީފާއެއް އަދާކުރާ ޗިންޓޫ ތިޔާގީ (ކާތިކް) އާއި އޭނާގެ އަންހެނުން ވެދިކާ ތިޔާގީ (ބޫމީ) ގެ ދިރިއުޅުމުގެ ތެރެއަށް ތަޕަސްޔާ ސިންހް ( އަނަންޔާ) ކިޔާ އަންހެނަކު ވަނުމުން ދިމާވާ ކަންތައްތަކެެކެވެ.

މި ފިލްމަކީ ބާގްބާން ފަދަ މޮޅެތި ފިލްމުތައް އުފައްދާފައިވާ ބަލްދޭވް ރާޖް ކަޕޫރް 1978 ވަނަ އަހަރު ހަދާފައިވާ ހެއްވާ މަޖާ ފިލްމު ''ޕަތީ ޕަތުނީ އޮރް ވޯ'' ގެ ރިމޭކް އެކެވެ. ފިލްމު ޑައިރެކްޓް ކޮށްފައިވަނީ މުދައްސަރް އަޒީޒް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް