ބުދަ 12 އޯގަސްޓު 2020
02 މާ
1441 ޒުލްޙައްޖު 22
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:15
އަސްރު 15:30
އިރުއޮއްސޭ 18:21
އިޝާ 19:35
ބީއެމްއެލް

ބީއެމްއެލް އިން އާރކް އަށް ފައިސާ ހަދިޔާކޮށްފި

  • އާކް އަށް ބޭންކާއި ބޭންކުގެ މުއައްޒަފުންގެ ފަރާތުން ވަނީ 60،000 ރުފިޔާ ހަދިޔާކޮށްފައި
  • މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާއިން ކުރިޔަށް ގެންދާ ޕްރޮގްރާމްތަކަށް
  • އާކް އަކީ ފާއިތުވެދިޔަ 10 އަހަރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެއް

ކ. މާލެ | 9 ޑިސެންބަރ 2019 | ހޯމަ 13:34 | 1,725

ޖަމިއްޔާ އަށް ރަމްޒީ ގޮތުން ފައިސާ ހަވާލުކުރުމަށް ބޭއްވި ކުޑަ ހަފްލާ - ބެންކް އޮފް މޯލްޑިވްސް

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމުގައިވާ، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާރކް) އަށް ބޭންކް އޮފް މޯލްޑިވްސް ގެ މުވައްޒަފުންނާއި، ބޭންކުގެ ނަމުގައި ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ކުޑަ ހަފުލާއެއްގައި މި ޖަމްޢިއްޔާ އަށް ރަމްޒީ ގޮތުން ފައިސާ ޙަވާލުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ އެވެ. އަދި މި ޙަފުލާގައި ބޭންކުގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ވެސް ބައިވެރިވިއެވެ. އާރކަށް، ބޭންކާއި ބޭންކުގެ މުވައްޒަފުންގެ ފަރާތުން ހަދިޔާކޮށްފައިވަނީ 60،000 ރުފިޔާ އެވެ. އެހީގެ ގޮތުގައި ބޭންކުން ދިން ފައިސާ ބޭނުންކުރަން ހަމަޖެހިފައިވަނީ ކުޑަކުދިންގެ ހައްޤުތައް ޕރޮމޯޓުކުރުމަށް އާރކުން ކުރިޔަށް ގެންދާ ތަފާތު އެކި ޕްރޮގުރާމްތައް ރާވައި ހިންގުމަށް ކަމަށް އާރކުން ބުނެއެވެ.

ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ، މިއީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، ކުޑަކުދިންގެ ޙައްޤުތައް ކުރިއެރުމަށް އާރކުން ހިންގާ ހަރަކާތްތައް ހިންގުމަށް ބީއެމްއެލްގެ މުވައްޒަފުން ވެދިން އެހީތެރިކަމެއް ކަމަށެވެ. އަދި މިފަދަ މުހިންމު ދާއިރާތަކުގައި މަސައްކަތް ކުރާ މަދަނީ ޖަމްޢިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ސޯޔަރ ފާހަގަކުރެއްވިއެވެ.

މި އަހަރު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން އާ ގުޅިގެން ހަނގާކުރުން ހުއްޓުވުމަށް މުޖުތަމަޢު އިތުރަށް ހޭލުންތެރިކުރުމަށް ޤައުމީ ފެންވަރުގައި ކުރިޔަށް ގެންދާ 'ބީޓް ބުލީންގ' ޕްރޮގުރާމަށް ފަންޑްރެއިޒް ކޮށްފައެވެ. މިގޮތުން ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ 'ބީއެމްއެލް ވާއު ކިޑްސް ރަން' ގެ ދުވުންތެރިން ވަނީ ޖުމްލަ 105،250 ރުފިޔާ މި ކެމްޕޭނަށް ހަދިޔާކޮށްފައެވެ.

އާރކް އަކީ ފާއިތުވެދިޔަ 10 އަހަރު ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.