ކ. މާލެ
|
9 ޑިސެންބަރ 2019 | ހޯމަ 07:35
މުޅި ޑިސެމްބަރު މަހު ވިއްސާރަކުރާނެ
މުޅި ޑިސެމްބަރު މަހު ވިއްސާރަކުރާނެ
އަލްޖަޒީރާ
ޔުގާންޑާ
ޔުގާންޑާގެ ވިއްސާރައިގައި 16 މަރު
 
މުޅި ޑިސެމްބަރު މަހު ވިއްސާރަކުރާނެ

ޔުގާންޑާއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، 16 މީހުން މަރުވެއްޖެއެވެ.

މަރުވެފައިވާ 16 މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެ ގައުމުގެ ރެޑް ކޮރޮސްއިން ބުނެފައިވެއެވެ.

މި ވިއްސާރައިގައި ހާލުގައި ޖެހުނު މީހުން އެކި ޞަރަޙައްދުތަކަށް ބަދަލުކުރެވިފައިވާ ކަމަށް އެޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ. އަދި ގެއްލިގައިވާ މީހުންގެ ޢަދަދުތައް ވެސް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

އެފްރިކާގެ އިރުމައްޗަށް ކުރަމުންދާ ވިއްސާރަ މުޅި ޑިސެމްބަރު މަހު ކުރާނެ ކަމަށް ޔުގާންޑާގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވެއެވެެ. މި ވިއްސާރައިގެ ސަބަބުން އެ ޤައުމުގެ އެކި ޞަރަޙައްދުގައި ފެންބޮޑުވެފައިވާއިރު ގަދަ ވައިގެ ސަބަބުން ދަނޑުބިންތައް ވެސް ހަލާކުވެފައިވާކަމަށް ޚަބަރުތަކުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް