ހޯމަ 16 ޑިސެންބަރު 2019
07 މުލަ
1441 ރަބީޢުލްއާޚިރު 19
ފަތިސް 04:46
އިރުއަރާ 06:03
މެންދުރު 12:05
އަސްރު 15:26
މަޣްރިބް 18:00
އިޝާ 19:17
ކުޅިވަރު - ގެރެތް ބޭލް

ބޭލް އެނބުރި ޓޮޓެންހަމް އަށް ބަދަލުވާން ޖެހޭ: ރޯމަން

  • ބޭލް އަށް މި ފަހަކަށް އައިސް ފުރަތަމަ އެގާރައިން ޖާގައެއް ނުލިބޭ

އަތޫފް އާތިފް
AthifAthoof

ކ. މާލެ 22 ނޮވެންބަރު 2019 | ހުކުރު 17:18 2,137

ގެރެތް ބޭލް - ގެޓީ އިމޭޖާސް

ރެއާލް މެޑްރިޑްގެ ފޯވާޑް ގެރެތް ބޭލް އަނބުރާ ޓޮޓެންހަމް އަށް ބަދަލުވާން ޖެހޭ ކަމަށް ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް ރޯމަން ކަލްދެރޯން ވިދާޅުވެއްޖެއެވެ.

ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް ރޯމަން ބޭލް އާއި މެދު ހިތްހަމަ ނުޖެހުނީ ވޭލްސް ޔޫރޯ ކޮލިފިކޭޝަން މެޗަކަށްފަހު އޭނާ ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ. އެގޮތުން ރޯމަން ވިދާޅުވީ ބޭލް އަކީ ކުޑަކުއްޖެއް ނޫން ކަމަށާއި އޭނާއަށް މިވަގުތު އެންމެ ރަނގަޅުވާނީ ރެއާލް މެޑްރިޑަށްވުރެ، ޓޮޓެންހަމް ކަމަށެވެ. މީގެ އިތުރުން ރޯމަން ވިދާޅުވީ ޓޮޓެންހަމްގައި ބޭލް ދެއްކި ކުޅުން ރެއާލްގައި އޭނާ އަށް ނުދެއްކުނު ކަމަށާއި އެކަން އޭނާ ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބޭލް ގަތުމަށް ޓޮޓެންހަމާއި އަލަށް ގުޅެން މޮރީނިއޯ ބޭނުންވެއެވެ. މިކަމާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ރޯމަން ވިދާޅުވީ މޮރީނިއޯ ބޭލް ބެނުންވާނެ ކަމަށާއި، އެކަން އޭނާ އަށް އެގިލައްވާކަމަށެވެ. އެގޮތުން މޮރީނިއޯ މެންޗެސްޓަރ ކޯޗު ކަމުގައި ހުރެ ވެސް ބޭލް ގެންދިޔުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ބޭލް އަކީ މޮރީނިއޯ ބާކީ ކޮށް ނުލާނެ ކުޅުންތެރިއެއް ކަމަށް ވެސް ރޯމަން ވިދާޅުވިއެވެ.

ރެއާލްއަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވި ބޭލް ވަނީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން 2016 ވަނަ އަހަރު 2022 ގެ ނިޔަލަށް އާކޮށްފައެވެ. ޕްރީ ސީޒަނުގައި ރެއާލްއިން އައުޑީ ކަޕްގައި ޓޮޓެންހަމް ހޮޓްސްޕަރސްއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑަށް ބޭލް ނަގާފައިނުވާއިރު އޭނާ ގޮލްފް ކުޅެން ހުރި ފޮޓޯތަކެއް އާންމުވެ ގިނަ ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުވިއެވެ.

ބޭލް ވަނީ ރެއާލްއަށް މިހާތަނަށް ކުޅުނު 231 މެޗުގައި 102 ލަނޑު ކާމިޔާބުކޮށް، އެ ކްލަބާ އެކު ހަތަރު ޗެމްޕިއަންސް ލީގު، ތިން ޔުއެފާ ސުޕަ ކަޕް، ތިން ކްލަބް ވޯލްޑް ކަޕް، އެއް ސްޕެނިޝް ލީގު، އެއް ކޮޕަ ޑެލްރޭ އަދި އެއް ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް